
ހައުސިންގ މިނިސްޓްރީ އަލިފާނުގެ ހާދިސާ: ސޯޝަލް ސެންޓަރުގައި ވަގުތީ ހިޔާއެއް ގާއިމްކޮށްފި
# ހައުސިންގ މިނިސްޓްރީ--
މިއަދު ހެނދުނުން ފެށިގެން އަލިފާން ރޯވެ އަނދަމުން އަންނަ ހައުސިންގ މިނިސްޓްރީ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވަގުތު ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތީރިޓީން ބުނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރޮންމަންޓް އެންޑް އެނާޖީ ހިންގާ ގްރީން ބިލްޑިންގް ހުރި ސަރަޙައްދުގައި އަލިފާނުގެ ހާދިސާއެއް ހިނަގައިގެން އުޅޭތީ އެއިދާރާއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އިމަންޖަންސީ އިވެކިއުއޭޝަން ސެންޓަަރ އެއް މިވަގުތު ސޯޝަލް ސެންޓަރގައި ގާއިމްކޮށްފައިވާ ކަމަށާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން 115 އަށް ގުޅައި ނުވަތަ އިވެކިއުއޭޝަން ސެންޓަރަށް ވަޑައިގަތުމަށް ވަނީ އެދިފައި އެވެ.
މިއަދު ހެނދުނު ރޯވާންފެށި މި އަލިފާންގަނޑު އެންމެ ފުރަތަމަ ރޯވީ، ހަައުސިން މިނިސްޓްރީގައި ހުރި ޓިނު އިމާރާތުގައި އެވެ. އެއަށްފަހު އެ އަލިފާންގަނޑު ކޮންސްޓްރަކްޝަން މިނިސްޓްރީ ހުރި އިމާރާތަށާއި ގްރީން ބިލްޑިން އިމާރާތް ވަނީ ފެތުރިފައި އެވެ.
މި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެސަރަހައްދުގައި ގިނަ އަދަދެއްގެ ވިހަ ދުން ހުރި އިރު އަލިފާންގަނޑު އެއްކޮށް ނިއްވާލުމަށް ސިފައިންނާއި އެއާޕޯޓުގެ ފަޔާފައިޓަރުން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދުގެ ގޭގެއަށްވެސް ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައިވާއިރު ފުލުހުންނާއި ކަމާއި ގުޅުން ހުރި އިދާރާތައް ގުޅިގެން އިމާރާތްތަކުން މީހުން ހުސްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ގުޅުންހުރި

ހިޔާވެހި ފައިނޭންސިން ސްކީމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ކުރީ ސަރުކާރުން އާންމުކުރި ފްލެޓް ލިސްޓުގެ ތެރެއިން ޝަރުތު ހަމަވިކަމަށް ކަނޑައެޅީ 1،820 މީހުން!

ފްލެޓު ލިސްޓު އާންމުކޮށްފި
