logoEN
Sto top
އިތުރު ފްލެޓް ލިސްޓެއް ދެން ނުނެރޭނެ: ފައިނަލް ލިސްޓަކީ ކުރީ ސަރުކާރުން ނެރުނު ލިސްޓު، އެކަމަކު ޝަރުތު ހަމަނުވާނަމަ ނުލިބޭނެ!

އިތުރު ފްލެޓް ލިސްޓެއް ދެން ނުނެރޭނެ: ފައިނަލް ލިސްޓަކީ ކުރީ ސަރުކާރުން ނެރުނު ލިސްޓު، އެކަމަކު ޝަރުތު ހަމަނުވާނަމަ ނުލިބޭނެ!

އަހުމަދު ޝުރާއު

logo

5/29/2025, 2:19:05 PM

# ހައުސިންގ މިނިސްޓްރީ

--

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް ކަމަށް ބަލާނީ ކުރީ ސަރުކާރުން ނެރުނު ލިސްޓް ކަމަށާއި އެ ލިސްޓުން އުނިކުރާނީ ޝަރުތު ހަމަނުވާ މީހުން ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

Wamco

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ހަވީރު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގަ އެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ސަރުކާރުން އަމަލު ކުރަން ނިންމާފައިވާ ގޮތަކީ 4000 ފްލެޓް ލިބޭ މީހުންގެ އާ ލިސްޓެއް ނުނެރުން ކަމަށާއި އޭގެ ބަދަލުގައިނޮވެންބަރު 15، 2023 ގައި ނެރެފައިވާ ލިސްޓަކީ ފައިނަލް ލިސްޓް ކަމަށް ބެލުން ކަމަށެވެ. ނަމަވެސް، މި ލިސްޓަށް އަމަލުކުރުމައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލާގައި އަންގާފައިވާ އެންގުންތަކާއި އަދި އުސޫލުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް ބައެއް ކަންކަމަށް ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ފްލެޓް ހަވާލު ކުރުމުގެ ކުރީން އެ ލިސްޓްގައި ތިބީ ޝަރުތު ހަމަވާ މީހުންތޯ ޔަޤީން ކުރައްވާނެ ކަމަށާއި ޝަރުތު ހަމަނުވާ ނަމަ އެ ލިސްޓުން އެފަރާތެއްގެ ނަން އުނިކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ މާލޭގައި 15 އަހަރު އުޅުކަން ސާބިތުކޮށް ދިނުމަށް އޮތް ދަތިކަން ހައްލުކޮށް ދެއްވުމަށް 2007 ވަނަ އަހަރުގެ ކުރީން މާލޭގައި އުޅެފައިވާ މީހެއްކަން ލިޔެކިޔުންތަކުން ފެންނަ ނަމަ އެ މީހަކީ ޝަރުތުހަމަވާ މީހެއް ކަމަށް ބަލާނެ ކަން ހާމަކުރައްވާފައި އެވެ. އެގޮތަށް ބަލަން ނިންމީ ރަށް ދޫކޮށް މާލެއަށް ހިޖުރަކުރުމަށް ފަހު އަލުން އެނބުރި ރަށަށް ދިރިއުޅުން ބަދަލު ކުރުމަކީ ވަރަށް މަދުން ނޫނީ ނުހިނގާ ކަމަކަށްވާތީ ކަމަށާއި މީގެ ސަބަބުން ވަރަށް ގިނަ ބަޔަކު ޝަރުތު ހަމަވާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވި އެވެ.

ޝަރުތުތައް ސާބިތުކުރަން ހުށަހަޅާފައިވަނީ ސައްހަ ނޫން ލިޔުންތަކެއް ކަން ސާބިތުވާ ނަމަ އެ މީހެއްގެ ފޯމް ބާތިލް ކުރާނެ ކަމަށާއި ޝަރުތެއް ހަމަނުވާ ކަން ސާބިތުވެއްޖެ ނަމަ، އެމީހެއްގެ ފޯމް ވެސް ބާތިލް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދެމަފިރިއަކަށް ފްލެޓް ލިބިފައިވާ ނަމަ، ފްލެޓް ލިބޭނީ އެތަނުން އެކަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން އެހެން ސްކީމްތަކުން ބިން ލިބިފައިވާ މީހުންނާއި ގެދޮރު ހުރި މީހުން ވެސް ލިސްޓުން އުނިކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތަށް އުނިކުރާ ފަރާތްތަކުގެ ޖާގައަށް މީހުން ހޮވާނީ 75 މާކްސްއަށް ވުރެ މަތިން ލިބިފައިވާ މީހުންގެ ތެރެއިން ގުރުއަތަށް ދާ މީހުންގެ މެދުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން މިހާތަނަށް އަބަދުވެސް ބަލަމުން އައީ ފްލެޓަށް ޙައްޤު އެއްވެސް މީހަކު އެކަމުން މަޙްރޫމް ނުކުރުމަށާއި އަދި އެންމެ ޙައްޤު މީހުންނަށް ފެލްޓް ދިނުމަށް ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside