logoEN
Sto top
15 ރަށެއްގައި ހައުސިންގ ޔުނިޓް އަޅާދޭނެ ފަރާތެއް ހޯދަނީ

15 ރަށެއްގައި ހައުސިންގ ޔުނިޓް އަޅާދޭނެ ފަރާތެއް ހޯދަނީ

އަހުމަދު ޝުރާއު

logo

4/22/2025, 10:02:19 AM

# ހައުސިންގ މިނިސްޓްރީ

--

ރާއްޖޭގެ 15 ރަށެއްގައި ހައުސިންގ ޔުނިޓް އަޅާދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް އެންޑް ޕްލޭނިންގ މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.

Wamco

އެމިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، 15 ރަށެއްގައި ހައުސިންގ ޔުނިޓުތައް އެޅުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެފައިވާ ކަމަށާއި މި މަސައްކަތްތަކަށް ޕްރީކޮލިފައިވުމަށް ކުރިމަތިލުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑިންގ އުސޫލުން ކުރިޔަށްގެންދިޔުމަށް މިއަދު ކޮންޓްރެކްޓަރުން ހޯދަން އިއުލާނުކުރީ

  1. ސ. ހުޅުދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  2. ހދ. ނެއްލައިދޫގައި 60 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  3. މ. ދިއްގަރުގައި 75 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  4. ހއ. އިހަވަންދޫގައި 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  5. ހދ. މަކުނުދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  6. ނ. ކެނދިކުޅުދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  7. ރ. މަޑުއްވަރީގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  8. ރ. އިނގުރައިދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  9. ބ. ތުޅާދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  10. ޅ. ހިންނަވަރުގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  11. ތ. ވިލުފުށީގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  12. ގދ. ގައްދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  13. ސ. މަރަދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  14. ސ. މަރަދޫފޭދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
  15. ސ. މީދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް

މި ބީލަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލުގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓު އެންޑް ޓްރޭޑްގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ ގެ ދަށުންނެވެ.

ގެޒެޓު ކުރި އިއުލާނުގައި ބުނެފައިވަނީ މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (R-158/2023) އާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށާއި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ އަދި ފައިނޭންސިންގ މޮޑަލްސްތައް ޕްރީކޮލިފިކޭޝަން ޑިކުއުމަންޓުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.

މި ޕްރީކޮލިފިކޭޝަނުގައި ބައިވެރިވުމަށް  -/1,500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ.

މި މަޝްރޫއުއަށް ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 12 މެއި 2025 ވާ ހޯމަ ދުވަހުގެ މެންދުރު 13:00:00ގެ ކުރިންނެވެ. އަދި އެޕްލިކޭޝަންތައް ހުޅުވުން އޮންނާނީ 13 މޭ 2025 ވާ އަންގާރަ ދުވަހުގެ 10:00:00ގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside