
ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމަށް ލުއިތަކެއް ދިނުމަށް އުސޫލަށް ބަދަލުގެނެސްފި
# ހައުސިންގ މިނިސްޓްރީ--
ހިޔާވަހި ފައިނޭންސިންގ ސްކީމުގެ ދަށުން، ބޯހިޔާވަހިކަން ހޯދަން ހުށަހެޅި ފަރާތްތަކަށް ބޭންކަށް ލިޔެކިއުން ހުށެހުމުގައި ކުރެހުން ހުށަހަޅަން ޖެހޭ ގޮތަށް އޮތް އޮތުމަށް ލުއިތަކެއް ދިނުމަށްޓަކައި އުސޫލަށް ބަދަލު ގެނެސްފިއެވެ.

މިކަން ހާމަކުރައްވައި ހައުސިންގ މިނިސްޓަރެު އަބްދުالله މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޔާވަހި ފައިނޭންސިންގ ސްކީމަށް ހުށަހެޅުމުގައި ފާސްކުރެވިފައިވާ ކުރެހުން ހުށަހެޅުމަށް ކަނޑައަޅާފައިވަނީ ބޭންކުތަކުން ފާސްކުރެވިފައިވާ ކުރެހުން ބޭނުންވާތީ ކަމަށެވެ.
އެހެން ނަމަވެސް މި ސްކީމަށް އެދި ހުށަހަޅަން ބޭނުންވާ މާލޭގެ ވަރަށް ގިނަ ފަރާތްތަކަކުން މާލޭ ސިޓީ ކައުންސިލަށް ކުރެހުން ހުށަހަޅައިގެން ފާސްކުރުމަށް ވަގުތު ބޭނުންވާތީ ކައުންސިލުން ފާސްކުރި ކުރެހުން ނެތް ނަމަވެސް އިންޖިންނިއަރު އަދި އާކިޓެކްޓް ސްޓޭމްޕްކޮށްފައިވާނަމަ ހުށަހެޅޭ ގޮތަށް އުޞޫލަށް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށް މުއްތަލިބު ވިދާޅުވިއެވެ.
އަދި އިވެލުއޭޝަންގެ މަސައްކަތް ކުރިއަށްދާއިރު ފާސްކުރި ލިޔުން ހުށަހެޅުމަށް ފުރުޞަތު ދެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ހުޅުވާލި ހިޔާވަހި ސްކީމަކީ އިސްލާމިކް ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް އެންމެ އަގު ހެޔޮކޮށް ފޯރުކޮށްދޭ ފައިނޭންސިންއެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިން ޕްރޮގްރާމެކެވެ.
މިގޮތުން މި ޕްރޮގްރާމަށް ރާއްޖޭގެ އަތޮޅުތަކުން އެދި ހުށަހަޅުއްވާ ފަރާތްތަކަށް "ރަށްވެހި ފައިނޭންސިންގ ސްކީމް"ގެ ދަށުން 1 މިލިއަން ރުފިޔާ، މި ޕްރޮގްރާމަށް ކަނޑައަޅާފައިވާ އަރބަން ސެންޓަރތަކުން "ސަހަރު ފައިނޭންސިންގ ސްކީމް"އަށް އެދި ހުށައަޅާ ފަރާތްތަކަށް 3 މިލިއަން ރުފިޔާ އަދި މާލެ ސަރަޙައްދަށް ޚާއްޞަ "ފަހިމާލެ ފައިނޭންސިން ސްކީމް"އަށް 6 މިލިއަން ރުފިޔާއާހަމައަށް ފައިނޭންސް ލިބޭނެއެވެ. މާލެ ސަރަޙައްދަށް ހުލުވާލި ފުރުޞަތުގައި، ގޭގެ ބެހެނިވެރިންނާއެކު އެކުވެގެން ހަ މިލިޔަން ރުފިޔާއިން ފެށިގެން 10 މިލިޔަން ރުފިޔާގެ ފައިނޭންސަށް އެދެވޭގޮތަށް އުސޫލު ވަނީ އެކުލަވާލާފައެވެ.
ގުޅުންހުރި

ފައިނަލް ލިސްޓަކީ ކުރީ ސަރުކާރުން ނެރުނު ލިސްޓު: ޝަރުތު ހަމަނުވާނަމަ ނުލިބޭނެ!

15 ރަށެއްގައި ހައުސިންގ ޔުނިޓް އަޅާދޭނެ ފަރާތެއް ހޯދަނީ

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމަށް ލުއިތަކެއް ދިނުމަށް އުސޫލަށް ބަދަލުގެނެސްފި
