![މަސްވެރިންނަށް "އެސްޓީއޯ ރޭޓް" ގައި ތެޔޮ ވިއްކަން ފަށައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2F376038_39d4a56b-b_.jpg&w=3840&q=75)
--
މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންވި ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ 4 ސަރަހައްދަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށައިފި އެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
އެސްޓީއޯއިން މިއަދު ބުނީ މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން،ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުން "އެސްޓީއޯ ރޭޓް" ގައި، މަސްވެރިކަމާއި ކަނޑުގެވަސީލަތްތަކާ ބެހޭ ވުޒާރާގެ "ފަހި ހަކަތަ" ޕޯޓަލް މެދުވެރިކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު އެކުންފުނިން ހަމަޖައްސަމުން އަންނަ ކަމަށެވެ.
އެގޮތުން 10 ޑިސެމްބަރު ވީ އަންގާރަ ދުވަހު ފާހަގަކުރި ގައުމީ މަސްވެރިންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި ގޮތަށް، ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން، އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން މިހާރުވަނީ ފަށާފައި ކަމަށް އެސްޓީއޯއިން ބުނެއެވެ.
އަދި 2025 ގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމްކޮށް، "އެސްޓީއޯ ރޭޓް"ގައި ތެޔޮ ލިބޭނޭ އިންތިޒާމް ހަމަޖައްސުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާކަންވެސް ވަނީ ހާމަކޮށްފައެވެ.
މަސްވެރިންނަށް ލުއިފަސޭހަ ގޮތެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތެޔޮ ރައްކާކުރާ "ސްކިޑް" ޤާއިމުކުރުމުގެ މަޝްރޫޢު އިފްތިތާހުކޮށްފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ.
ގުޅުންހުރި
![އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިިފި: 500 ރުފިޔާގެ ވިޔަފާރިކޮށްލައިގެން އެއް ލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު!](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2FWhatsApp%20Image%202025-01-09%20at%2021.34.27.jpeg&w=3840&q=75)
އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިިފި: 500 ރުފިޔާގެ ވިޔަފާރިކޮށްލައިގެން އެއް ލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު!
![މާފަންނަށް އެސްޓީއޯގެ އައު ބޭސް ފިހާރައެއް!](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2Fbig_WaD8FKHNLn5QIuvBZrb7AJJwL.jpeg&w=3840&q=75)
މާފަންނަށް އެސްޓީއޯގެ އައު ބޭސް ފިހާރައެއް!
![ޑިޖިޓަލް ކަލަންޑަރު އަޕްޑޭޓާއެކު އެސްޓިއޯއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރާ ވައުދު ވަރުގަދަކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2FWhatsApp%20Image%202024-12-31%20at%2017.22.36%20(1).jpeg&w=3840&q=75)
ޑިޖިޓަލް ކަލަންޑަރު އަޕްޑޭޓާއެކު އެސްޓިއޯއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރާ ވައުދު ވަރުގަދަކޮށްފި
![އެފްއެސްއެމްގެ އެމްޑީއަކަށް އާޝާން: އެސްޓީއޯ ގްރޫޕުގެ ކުންފުންޏަކާއި ހަވާލުވި ފުރަތަމަ އަންހެން އެމްޑީ!](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2FGe1GVg8bsAABJG3.jpeg&w=3840&q=75)