
އަނިޔާވެރި ޔަހޫދީ އިސްރާއީލު އަސްކަރިއްޔާއިން ސީރިއާގެ އަސްކަރީ އެއާބޭސްއަކަށް ބޮން އަޅައި ސުންނާފަތިކޮށްލައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޔަހޫދީން މިއަދު ވައިގެ މަގުން ހަމަލާދީފައިވަނީ ސީރިއާގެ މެޒެހް މިލިޓަރީ އެއާޕޯޓަށެވެ. މި އެއާބޭސްއަކީ ވެރިރަށް ދިމިޝްގެ ދެކުނުގައި އޮންނަ އެއާބޭސްއެކެވެ.
މި ހަމަލާގެ ފޮޓޯތައް މިހާރު ދައުރުވަމުންދާއިރު ފޮޓޯތަކުން ފެންނަ ގޮތުގައި އެއާޕޯޓު ވަނީ އެއްކޮށް ސުންނާފަތިކޮށްލާފައި އެވެ. އެގޮތުން އެއާބޭސްގެ ރަންވޭ ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުގެ މީޑިއާތަކުން މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ވައިގެ ސިފައިން ވަނީ ސީރިއާގެ ދެކުނުގެ ސަރަހައްދުތަކާއި ދިމިޝްގުގައި ހުރި ހަތިޔާރު ޑިޕޯތަކަށް ބޮން އަޅައި، އިދިކޮޅު ޖަމާއަތްތަކުން އެ ތަކެތި އަތުލުން ހުއްޓުވާފަ އެވެ.
ޔަހޫދީން ސީރިއާއަށް ހަމަލާދިން އިރު މިއަދު ސީރިއާގެ ހަނގުރާމަވެރިން ވަނީ އެގައުމުގައި 24 އަހަރުގެ ދިގު ވެރިކަމެއް ކުރި ރައީސް ބަޝްހާރު އަލް އައްސަދު ވެރިކަމުން ބާލާފައި އެވެ.
ސީރިއާއަކީ އިޒްރޭލުން ގެންގުޅޭ "ގްރޭޓާ އިސްރާއީލް " ގެ ނަމުގައި ހަދާފައިވާ މެދުއިރުމަތީގެ ގައުމުތައް ހިފުމުގެ ޕްލޭނުގައި ހިމެނޭ މުހިންމު ގައުމެކެވެ.
ގުޅުންހުރި

ޔަހޫދީ ސިފައިންގެ ބަޑީގެ ހަމަލާތަކެއްގައި ޣައްޒާގެ ތިން މީހަކު ޝަހީދުވެއްޖެ

ޣައްޒާގެ ރައްޔިތުންނަށް ހަމަލާދެމުންދިޔަ ޔަހޫދީންގެ ޓޭންކަރަކަށް ހަމާސްގެ ބޮޑު ހަމަލާއެއް: ޔަހޫދީ ސިފައިންތަކަށް ބޮޑެތި އަނިޔާތަކެއް!

ޔަހޫދީން ސީރިއާގެ އަސްކަރީ އެއާބޭސްއަކަށް ބޮން އަޅައި ސުންނާފަތިކޮށްލައިފި
