--
ޑައިރެކްޓަރު ކަރަން ޖޯހަރުގެ މަންމަ އަދި ޕްރޮޑިއުސަރު ހިރޫ ޔާޝް ޖޯހަރު ދާދިފަހުން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.
ހީރޫ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވިނަމަވެސް އޭނާ ފަރުވާއަށްފަހު ގެއަށް ދޫކޮށްލާފައިވާކަމާއި ހާލު ރަނގަޅުވަމުން އަންނަ ކަމަށް ކަރަން ގާތް މީހަކު އިންޑިއާ ނޫސްތަކަށް ވަނީ މައުލޫމާތުދީފައި އެވެ.
ބޮލީވުޑްގެ ހަބަރުތައް އެންމެ ތާޒާކޮށް ގެނެސްދޭ މީސް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ވިރަލް ބަޔާނީ ގައި މިކަމާ ގުޅޭގޮތުން ކޮށްފައުވާ ޕޯސްޓުގައި ފެންނަގޮތުގައި ޑިޒައިނަރު މަނީޝް މަލްހޯތުރާ ވެސް ވަނީ ކޮކިލާބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލުގައި ހިރޫ ޖޯހަރަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ރޭ ކަރަން އާއި މަނީޝްގެ ކާރުތައް ހޮސްޕިޓަލުގެ ގޯތިތެރެއިން ނިކުންނަ މަންޒަރު ފެންނަ ވީޑިއޯއެއް އޭގައި ވަނީ ހިއްސާކޮށްފައެވެ.
އަދި ސަޕޯޓަރުން ވަނީ ހިރޫއަށް އަވަސް ޝިފާއަކަށް އެދި ގިނަ އަދަދަކަށް އެޕޯސްޓަށް ކޮމެންޓްކޮށްފައިއެވެ.