logoEN
Sto top
ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އަތުން ސިޓީއަށް މޮޅެއް ނުވެވުނު

ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އަތުން ސިޓީއަށް މޮޅެއް ނުވެވުނު

ހަސަން ޝަމްއޫން

logo

12/7/2024, 7:19:26 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓާރ ސިޓީ# ކްރިސްޓަލް ޕެލަސް # އިނގިރޭސި ޕްރެމިއާ ލީގު

މެންޗެސްޓާ ސިޓީ އާއި ކްރިސްޓަލް ޕެލަސް ވާދަކުރި މެޗުގެ ތެރެއިން....

އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ޗެންޕިއަން މެންޗެސްޓާ ސިޓީ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.

Wamco

ލީގުގައި ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ނޮޓިންހަމް ފޮރެސްޓް އަތުން މޮޅުވެފައިވާއިރު، ކްރިސްޓަލް ޕެލަސް އެންމެ ފަހުން ކުޅުނު މެޗުގައި އިޕްސްވިޗް އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ މޮޅުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ސިޓީއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޕެލަސް އިންނެވެ. މިލަނޑު ފުރަތަމަ ހާފު ފެށިގެން ހަތަރުވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކޮލަމްބިއާ ޑިފެންޑަރު ޑެނިއަލް މުނޯޒް އެވެ.

މެންޗެސްޓާ ސިޓީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 30 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް އެރްލިންގް ހާލަންޑް އެވެ. މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 15 މެޗުގައި އޭނާ ކާމިޔާބުކުރި 13 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެމްދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ކްރިސްޓަލް ޕެލަސް އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި އެޓީމުބް ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މިމެޗުގައި ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މެކްސެންސް ލެކްރޮއިކްސް އެވެ.

ސިޓީ އިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފަހުހާފުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރިކޯ ލުވިސް އެވެ. ނަމަވެސް މެޗުގެ 84 ވަނަ މިނެޓުގައި ދެއްކި ދެވަނަ ރީނދޫ ކާޑާއެކު ލުވިސްއަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުން މެޗުގެ ބާކީ ބައި ސިޓީ އިން ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 15 މެޗުން މެންޗެސްޓާ ސިޓީއަށް 27 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 15 މެޗުން އެޓީމަށް 13 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 16 ވަނައިގައެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅެވުނު އިތުރު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، އަމިއްލަ ދަނޑުގައި ސައުތުހެމްޓަން އަތުން 1-0 ގެ ނަތީޖާއަކުން އެސްޓަންވިލާ މޮޅުވިއިރު، ރަށުން ބޭރުގައި ބްރެންޓްފޯޑް އަތުން 4-2 ގެ ނަތީޖާއަކުން ނިއުކާސަލް ވަނީ ބަލިވެފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside