ފަސް އަހަރަށް ފަހު ޕްރިޔަންކާ ޗޯޕްޅާ ބޮލީވުޑަށް އެނބުރި އައުމުގެ އިޝާރާތެއް ދީފި
ސާރާ އަހުމަދު
12/7/2024, 9:11:55 AM
--
ހޮލީވުޑްގެ ގިނަ ޕްރޮޖެކްޓްތަކެއްގައި މަސައްކަތްކުރަމުން އަންނަ އެކްޓްރެސް ޕްރިޔަންކާ ޗޯޕްޅާ ބޮލީވުޑް އެނބުރި އަންނާނެ ކަމުގެ އިޝާރާތެއް ދީފި އެވެ.
މިކަން ކަށަވަރު ކޮށްދީފައި ނުވި ނަމަވެސް އޭނާ ދާދި ފަހުން ދިން އިންޓަވިއުއެއްގައިވަނީ އެފަދަ އިޝާރާތެއް ދީފައިއެވެ.
"ޖޯކެއް ނޫން، މިތަނުން ވަރަށް ގިނަ ފިލްމު އުފައްދާ ފަރާތްތަކާ ބައްދަލުވޭ، ސްކްރިޕްޓްތައް ކިޔަން. ހިންދީ ބަހުން ކުރަން ބޭނުންވާ ކަމެއް ހޯދުމުގެ މަސައްކަތް ވަރަށް އެބަކުރަން. ހަގީގަތުގައި ވެސް މި އަހަރަކީ ވަރަށް ބިޒީ އަހަރެއް. އެކަމަކު އަހަރެން މަސައްކަތެއް އެބަ ކުރަން، މިވަގުތަށް އެހަށް އެހިސާބަށް ބައިންދާލާނަން." ޕްރިޔަންކާ ބުންޏެވެ.
ޕްރިޔަންކާ އެންމެ ފަހުން ހިންދީ ފިލްމަކުން ފެނިގެންގޮސްފައިވަނީ 2019 ގައި ރިލީޒްކުރި "ދަ ސްކައި އިޒް ޕިންކް" އިންނެވެ.
ޕްރިޔަންކާގެ ގިނަ ދުވަސްތަކެއް ވަންދެން ނުނިމި އޮތް ފިލްމު "ޖީ ލޭ ޒާރާ" ގެ އަޕްޑޭޓެއް ހިއްސާކުރަން އެހުމުން އޭނާ ބުނީ އެކަމާ ބެހޭ ގޮތުން އެކްސެލް [އެންޓަޓެއިންމަންޓް، ފަރްހާން އަޚްތަރުގެ ޕްރޮޑަކްޝަން ހައުސް] ގައި އެހުމަށްށެވެ.
ފަރްހާން އަޚްތަރުގެ "ޖީ ލޭ ޒާރާ" ގައި ޕްރިޔަންކާ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ އާލިއާ ބަޓާއި ކެޓްރީނާ ކައިފްއާއެކުގައިއެވެ. 2021 ވަނަ އަހަރު ޝޫޓިން ފެށުމަށް ހަމަޖެހުނު މި ފިލްމު މަޑުޖެހިފައި އޮތީ އެކްޓަރުންގެ ޝެޑިއުލްތަކާ ގުޅިގެންނެވެ.
ޕްރައިމް ވީޑިއޯގެ "ސިޓަޑެލް 2" ގެ ދެވަނަ ސީޒަންގެ ޝޫޓިން ޕްރިޔަންކާވަނީ ދާދި ފަހުން ނިންމާލައިފައެވެ. "ސިޓަޑެލް 2" ގެ އިތުރުން ޕްރިޔަންކާ ޗޯޕްޅާ މިއަހަރު ނެރެ "ބްލަފް" އިންވެސް ފެނިގެން ދާނެނެވެ.