
--
މާލެ ވޯޓާ އެންޑް ސްވެރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން 400 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން ރާއްޖޭގެ ހިއްސާގެ ބާޒާރު، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ހުޅުވާލައިފި އެވެ.

ކެޕިޓަލް މާކެޓަށް މި ބޮންޑް ނެރެދިނީ ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުންނެވެ. އެގޮތުން ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ބުނި ގޮތުގައި އެމްޑަބްލިއުއެސްސީގެ މި ބޮންޑު ވިއްކާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ.
މިގޮތުން ފުރަތަމަ މަރުހަލާގައި ވިއްކާ 200 މިލިއަން ރުފިޔާގެ ބޮންޑްގައި އިންވެސްޓް ކުރުމުގެ ފުރުސަތު އެމްޑަބްލިޔުއެސްސީގެ ވިޔަނި ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފަ އެވެ.
ފަސް އަހަރަށް އިޝޫ ކުރާ މި ބޮންޑުގައި އިންވެސްޓް ކުރާ ފަރާތްތަކަށް 7.5 ޕަސެންޓުގެ އިންޓަރެސްޓް ލިބެ އެވެ. އެމްޑަބްލިއުއެސްސީ އިން ބޮންޑް ވިއްކަން ނިންމީ އެ ކުންފުނީގެ ކުރިއަށް ހުރި މަޝްރޫއުތަކާއި ފައިނޭންސް ހޯދުމެވެ.
މީގެތެރޭގައި ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް ބޭނުންވާ އިންވެސްޓްމެންޓްތަކާއި، އަތޮޅުތަކުގައި ހިންގާ ނަރުދަމާގެ މަޝްރޫއުތައް އަވަސް ކުރުމާއި، އަދި ކުންފުނީގެ އުފެއްދުންތެރިކަމުގެ ގާބިލުކަން އިތުރަށް ފުޅާކުރުން ހިމެނެ އެވެ.
ގުޅުންހުރި

އެމްޑަބްލިއުއެސްސީއިން ފައިނުގައި ޤާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙްކޮށްފި

އާރުޑީސީއާއި އެމްޑަބްލިއުއެސްސީގެ އެހީތެރިކަމާއި އެކު މާލޭގެ ސްޓޯރމް ވޯޓަރ ނެޓްވޯރކް ސާފުކުރަނީ

އެމްޑަބްލިއުއެސްސީއިން 400 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަނީ
