
ފޮރެސްޓް ބަލިކޮށް ޗެންޕިއަން ސިޓީ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރެމިއާ ލީގު# މެންޗެސްޓާރ ސިޓީ# ނޮޓިންހަމް ފޮރެސްޓްމެންޗެސްޓާ ސިޓީ އާއި ފޮރެސްޓް ވާދަކުރި މެޗުގެ ތެރެއިން....
އިގިރޭސި ޕްރެމިއާ ލީގުގައި ބުދަ ދުވަހަުގެ ރޭ އަމިއްލަ ދަނޑު 3-0 ގެ ނަތީޖާއަކުން ފޮރެސްޓް ބަލިކޮށް ޗެންޕިއަން މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު ހަތް މެޗުން އެޓީމަށް މޮޅެއް ހޯދިފައި ނުވާއިރު، އޭގެ ތެރެއިން ހަ މެޗުން އެޓީމު ބަލިވިއިރު، އަނެއް މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަދި ފޮރެސްޓް އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަތަަރު މެޗުން އެޓީމު މޮޅުވެފައިވާއިރު، ދެމެޗުން ބަލިވެ އަނެއް މެޗު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ މެންޗެސްޓަރ ސިޓީ އެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ދެލަނޑުގެ ލީޑެއް ހޯދިއިރު، ފުރަތަމަ ލަނޑު މެޗު ފެށިގެން އަށްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ބެނާޑޯ ސިލްވާ އެވެ. މިއީ އެޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ސިޓީގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ޖެރަމީ ޑޮކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑިބްރޭނާ ކާމިޔާބުކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި އެރްލިންގް ހާލަންޑް ތަންވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ޑޮކޫ އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 14 މެޗުން މެންޗެސްޓާ ސިޓީއަށް 26 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލި ފޮރެސް ލީގުގައި ކުޅުނު 14 މެޗުން ލިބުނު 22 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަވަނައިގައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




