
--
ރ އަލިފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެރަށަށް އިތުރު ޖެނެސެޓެއް ގެންގޮސްފި އެވެ.

ފެނަކައިން މިއަދު ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ރ އަލިފުށީގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް އެރަށަށް އިތުރު ޖެންސެޓް އެއް ގެންދެވިފައިވާ ކަމަށެވެ.
އެގޮތުން އެރަށް ފެނަކައިން ގެންގޮސްފައިވަނީ 800 ކިލޯވޯޓުގެ ޖެނެސެޓެކެވެ. މިހާރު ކުރިޔަށް ދަނީ މި ޖެނެސެޓު އިންސްޓޯލް ކޮށް ކަމިޝަން ކުރުމުގެ މަސައްކަތް ކަމަށް ފެނަކައިން ބުނެއެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފެނާއި, ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ދަނީ އެކުންފުނީގެ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ގިނަ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ފާއިތުވި އެއް އަހަރުގެ ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް އެކުންފުނިން ވަނީ ކޮށްފައެވެ.
ގުޅުންހުރި

ރަމަޟާން މަހު ކަރަންޓު ބިލުން ދޭ ޑިސްކައުންޓާއެކު ފެނަކަ ކަސްޓަަމަރުންގެ ބިލް ތައްޔާރުކުރާ ތާރީހަށް ބަދަލުތަކެއް

ނޫނު އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށްދާ ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

ށަވިޔަނި ފޭދޫގެ ކަރަންޓް އަޕްގްރޭޑިންގ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

.gif&w=3840&q=75)



