
--
ސަބްސިޑީއާ ގުޅޭ މަޝްވަރާއެއް އެންސްޕާ އާއި ފެނަކައާ ދެމެދު ބާއްވައިފި އެވެ.

އިއްޔެ ބޭއްވުނު މި ބައްދަލުވުމުގައި ފެނަކަ ކުންފުނީގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނާއި އެހެނިހެން އިސްވެރިންނެވެ. އަދި އެންސްޕާގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އެ މުއައްސަސާގެ ސީ.އީ.އޯ ހީނާ ވަލީދާއި އެހެނިހެން އިސްވެރިންނެވެ.
ފެނަކައިން މައުލޫމާތު ދޭގޮތުގައި އެ ބައްދަލުވުމުގައި ދެފަރާތުން މަަޝްވަރާކޮށްފައިވަނީ ސަރުކާރުން ދޭ ސަބްސިޑީ އިސްލާޙުކުރުމުގެ މަސައްކަތާއި، ޑައިރެކްޓް ސަބްސިޑީ ދިނުމާ ގުޅޭ ގޮތުންނެވެ.
މީގެ އިތުރުން އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭ ކަންކަމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.
މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިމިވަނީ ރާއްޖޭގައި ސަބްސިޑީ ދެމުން އަންނަ އުސޫލަށް ސަރުކާރުން ބަދަލުގެނެސް ކުރިޔާ ހިލާފަށް ސަބްސިޑީސް އެންމެ ބޭނުންވާ ފަރާތްތަކަށް އެލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރިޔަށްދާ ދަނޑިވަޅެއްގައި އެވެ.
ގުޅުންހުރި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތައް ސްޓެލްކޯއާއި ހަވާލުކޮށްފި

އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތް ނިންމުމަށް ދުބާއީގެ ޑެފިނިޓް ސޮލިއުޝަންސްއާއި ހަވާލުކޮށްފި

ހަތަރު ރަށެއްގެ ކަރަންޓުގެ ފެންވަރު ރަނގަޅު ކުރުމަށް ފެނަކައިން އައު ޖެނެރޭޓަރުތަކެއް ގެނެސްފި

.gif&w=3840&q=75)



