.jpg&w=3840&q=75)
އެފްއެސްއެމްގެ މުވައްޒަފުންތަކެއް ތެލުން ވައްކަންކޮށް،މަނީ ލޯންޑަރކުރަމުންދާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ
# އެފްއެސްއެމް--
ރާއްޖޭގެ ތެލުގެ މައި ކުންފުނި ކަމަށްވާ ފިއުލް ސަޕްލައި މޯލްޑިވްސް ,އެފްއެސްއެމްގެ މުވައްޒަފުންތަކެއް އެކުންފުނީގެ ތެލުން ވައްކަންކޮށް މަނީ ލޯންޑަރކުރަމުންދާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ރަސްމީކޮށް ހާމަކުރެއްވީ ދާހިލީ ވަޒީރު އަލީ އިހްސާން އެވެ.
އެގޮތުން އިހްސާން މިރޭ އެްކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ފިއުލް ސަޕްލައިސް މޯލްޑިވްސްގެ މުވައްޒަފުންތަކެއް އެކުންފުނީގެ ތެލުން ވައްކަންކޮށް، އޭގެއިން ލިބޭފައިސާ ލޯންޑަރކުރަމުންދާކަމަށް ޝައްކު ކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
އެގޮތުން މި މައްސަލާގައި މިހާތަނަށް ފުލުހުންގެ ހާއްސަ ޓީމުތަކުންވަނީ 10 މީހުނާއި 2 ގެ އަދި ތެޔޮއުފުލާ 2 ބާޖު ބަލައިފާސްކޮށް މައްސަލައާއި ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ހޯދާފައިކަން އިހްސާން ހާމަކުރެއްވި އެވެ.
އިހްސާން އިތުރަށް ވިދާޅުވީ މި ތަހުގީގު ކުރިއަށް ދާވަރަކުން ފުލުހުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް މައްސަލައާއިގުޅޭ އިތުރު ތަފްސީލު ހާމަކުރައްވާނެ. ކަމަށާއި މިފަދަ މައްސަލަތައް ހޯދާ ފުރިހަމައަށް އަވަހަށް ތަހުގީގުކޮށް ވަކި މީހަކު އިސްތިސްނާނުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް އިސްކަންދެއްވާ ކަމެއް ކަމަށެވެ.
އެފްއެސްއެމްގެ ތެޔޮ ބާޖުތަކުން ތެލުގެ ވައްކަން ކުރާ މައްސަލަ އަކީ ޒަމާންވީ ބޮޑު މައްސަލައެކެވެ. މިފަދަ ތުހުމަތުތަކެއް މީގެ ކުރިން ކުރެވުނު ނަމަވެސް މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި މީގެ ކުރިން ފުލުހުން ތަހުގީގު ކޮށްފައި ނުވެއެވެ.
ގުޅުންހުރި

އެފްއެސްއެމްގެ އެމްޑީއަކަށް އާޝާން: އެސްޓީއޯ ގްރޫޕުގެ ކުންފުންޏަކާއި ހަވާލުވި ފުރަތަމަ އަންހެން އެމްޑީ!
.jpg&w=3840&q=75)
އެފްއެސްއެމްގެ މުވައްޒަފުންތަކެއް ތެލުން ވައްކަންކޮށް،މަނީ ލޯންޑަރކުރަމުންދާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ

އެފްއެސްއެމްގެ އެމްޑީގެ މަގާމުން ސުހައިލް އިސްތިއުފާދީފި
