
ޔަހޫދީން މިއަދު ޣައްޒާއަށް ދިން ހަމަލާއެއްގައި ނޫސްވެރިއަކު ޝަހީދުކޮށްލައިފި އެވެ.

ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން މިރޭ ބުނީ ނޫސްވެރިއާ މަމްދޫހު ކުނީތާ ޝަހީދުވުމާއި ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި ނޫސްވެރިންގެ އަދަދު މިހާރު 191 އަށް އަރާފައިވާ ކަމަށެވެ.
މިރޭ ޝަހީދުވި ނޫސްވެރިޔާ ކުނީތާ އަކީ އަލް އަޤްޞާ ސެޓެލައިޓް ޗެނަލްގެ އެޑިޓަރެއް ކަމަށް މީޑިއާ އޮފީހުން ބުނެއެވެ.
" ފަލަސްތީނުގެ ނޫސްވެރިންނަށް އަމާޒުކޮށް ޝަހީދުކޮށްލަން ހަމަލާދިނުމަކީ ސަރުކާރުގެ މީޑިއާ އޮފީހުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް. މި ބޮޑު ޖަރީމާ ހިންގުމުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނީ ނިރުބަވެރި އިޒްރޭލުން." ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުންޏެވެ.
ރިޕޯޓުތައް ބުނާގޮތުގައި ނޫސްވެރިއާ މަމްދޫހު ކުނީތާ ޝަހީދުވެފައިވަނީ އަލްއަހްލީ އަރަބި ހޮސްޕިޓަލުގެ ގޯތި ތެރެއަށް އިޒްރޭލުގެ ޑްރޯންއަކުން ދިން ހަމަލާއެއްގައި އެވެ. އެވަގުތު އެތަނުގައި ގިނަ އަދަދެއްގެ ނޫސްވެރިން ތިބި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!

.gif&w=3840&q=75)



