
'ހިޔާ' ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ގުޅުން ބަދަހިކުރުމަށް ފުލުހުން ޚާއްސަ ސައެއް ބާއްވައިފި
# ދިވެހި ފުލުހުންގެ ޙިދުމަތް--
ހުޅުމާލޭގެ ފޭސް 2 ގެ'ހިޔާ' ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ގުޅުން ބަދަހިކުރުމަށް ފުލުހުން ޚާއްސަ ސައެއް ބާއްވައިފި އެވެ.

ހުޅުމާލެ ޕޮލިސް އާއި ހިޔާ ޓަވަރު 9 އަދި 10 ގައި ދިރިއުޅޭ ރައްޔިތުންނާ ގުޅިގެން، "އަވައްޓެރިންގެ ނާސްތާ" ގެ ނަމުގައި ހަރަކާތެއް ކުރިޔަށް ގެންދިޔައީ އިއްޔެ އެވެ.
ފުލުހުން ބުނީ މި ހަރަކާތަކީ ފުލުހުންނާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ހިޔާ ސަރަހައްދު އަމާން އަދި ރައްކާތެރި މާޙައުލަކަށް ހެދުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް ކަމަށެވެ.
އަދި މި ފަދަ މަސައްކަތްތަކަކީ މުޖުތަމައުގެ ރައްކާތެރިކަމާއި ހަމަޖެހުމަށް މަގުފަހިކޮށްދޭނެ މުހިންމު ހަރަކާތްތަކެއް ކަން ފާހަގަކޮށް ފުލުހުން ވަނީ މިފަދަ ކޮންމެ ހަރަކާތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.
ރާއްޖޭގައި ކުށްމަދުކުރުމަށް ފުލުހުން ދަނީ އެކި ސަރަހައްދުތަކުގައި ރައްޔިތުންނާއި ގުޅިގެން ތަފާތު ހަރަކާތްތަށް ކުރިޔަށް ގެންދަމުންނެވެ.
ގުޅުންހުރި

ފީނަން ގޮސް އުޅެނިކޮށް ގެއްލުނު 15 އަހަރުގެ ކުއްޖާ ނިޔާވެފައި އޮތްވާ ފެނިއްޖެ

ފީނަން ގޮސް އުޅުނު 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ

މަސްތުވާތަކެއްޗާއިއެކު ތ. ގުރައިދޫއިން މީހަކު ހައްޔަރުކޮށްފި
