
--
އާޓިފިޝަލް ބީޗު ކައިރިން މަގުމައްޗަށް ވެއްޓުނު މީހަކު ނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ މިއަދު ހެނދުނު 8:46 ހާއިރު މާލޭގެ އާޓިފިޝަން ބީޗު ކައިރިން މަގުމައްޗަށް މީހަކު ވެއްޓުމާއި ގުޅިގެން ފުލުހުން އެޓެންޑުގެ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން އޭޑީކޭގައި އެމީހާއަށް ފަރުވާ ދެމުންދަނިކޮށް މިއަދުގެ 10:03 ހާއިރު އެީހާ ނިޔާވެފައިވާ ކަމަށް ފުލުހުންނަށް ހޮސްޕިޓަލުން މައުލޫމާތު ދިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
ފުލުހުން ބުނީ ނިޔާވެފައިވަނީ ސ ހިތަދޫ ސޯސާންމާގެ އުމުރުން 53 އަހަރުގެ އަހުމަދު ޝަރީފް ކަމަށެވެ.
މި މަރާއި ގުޅިގެން ފުލުހުން މާބޮޑު ތަފްސީލެއް ހާމަކޮށްފައި ނުވާއިރު މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންކަން ވަނީ ހާމަކޮށްފައި އެވެ.
ގުޅުންހުރި
%20(1).webp&w=3840&q=75)
ޖިނާއީ ބޮޑު ކުށެއް ހިމެނޭ މައްސަލަތަކުގެ ލިޔެކިޔުންތައް 8 އަހަރު ވަންދެން ބަލަހައްޓަންޖެހޭގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފި

އަބްދުއްރަހްމާނަށް ސިގިރޭޓް ވައްކަން "ކާމިޔާބުކުރަން" އެހީވިކަމުގެ ތުހުމަތު!

ގއ. އަތޮޅުގައި ރައްކާ ރޯޑް ޝޯވ ކާމިޔާބުކަމާއިއެކު ކުރިޔަށްގެންގޮސްފި





