
--
ނ ވެލިދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެރަށަށް އިތުރު ޖެނެސެޓެއް ގެންގޮސްފި އެވެ.

ފެނަކައިން މިއަދު ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ނ.ވެލިދޫ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް އެރަށަށް އިތުރު ޖެންސެޓް އެއް ގެންދެވިފައިވާ ކަމަށެވެ.
އެގޮތުން އެރަށް ފެނަކައިން ގެންގޮސްފައިވަނީ 1،000ކިލޯވޯޓްގެ ޖެނެސެޓެކެވެ. މިހާރު ކުރިޔަށް ދަނީ މި ޖެނެސެޓު އިންސްޓޯލް ކޮށް ކަމިޝަން ކުރުމުގެ މަސައްކަތް ކަމަށް ފެނަކައިން ބުނެއެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފެނާއި, ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ދަނީ އެކުންފުނީގެ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ގިނަ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ފާއިތުވި އެއް އަހަރުގެ ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް އެކުންފުނިން ވަނީ ކޮށްފައެވެ.
ގުޅުންހުރި

ހިންނަވަރުގެ ފެނަކަ އޮފީސް އިމާރާތުގެ މަސައްކަތް ނިމުމަކާއި ގާތަށް!

ޕެޓީކޭޝްއަށް ހިޔާނާތްތެރިވި މައްސަލައެއްގައި ފެނަކައިގެ ކުރީގެ 3 މުވައްޒަފަކަށް ދައުވާކުރަނީ

މާވަށުގެ ކަރަންޓުގެ ޙާލަތުގެ ރަނގަޅުކުރުމަށް އެރަށް އިތުރު ޖަނަރޭޓަރެއް ފޮނުވައިފި
