
--
ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން, ވެމްކޯއިން ފޯރުކޮށްދެމުން އަންނަ ރިސޯޓު ވޭސްޓް ކަލެންޝަންގެ ހިދުމަތާއި އިތުރު ރިސޯޓަކުން ގުޅިއްޖެ އެވެ.

ވެމްކޯގެ މި ހިދުމަތާއި މިއަދު ގުޅުނީ ށ އަތޮޅުގެ ރިސޯޓެއް ކަމަސްވާ ސިއްރުފެންފުށީ ލެގޫން ރިސޯޓެވެ. އެގޮތުން މިއަދު އެރިސޯޓާއި އެކު ވެމްކޯއިން ވަނީ ހިދުމަތް ދިނުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް އެވެ.
ރިސޯޓު ކަލެކްޝަން ސާވިސް ވެމްކޯއިން އިފްތިތާހްކުރީ ޖުލައި މަހުގެ ތެރޭގައި އެވެ. މިއަދު ސޮއިކުރެވުނު ސިއްރުފެންފުށި ރިސޯޓާއި އެކު ވެމްކޯގެ ރިސޯޓު ކަލެކްޝަން ހިދުމަތް ދެމުންދާ ރިސޯޓުތަކުގެ އަދަދު ވަނީ 9 އަށް އަރާފައި އެވެ.
ވެމްކޯއިން ބުނީ އެކުންުފުނިން ރިސޯޓް ވޭސްޓް ކަލެކްޝަންގެ ޙިދުމަތް އިފްތިތާހުކުރީ ރިސޯޓްތަކުން، ވެމްކޯގެ ސަރަޙައްދީ ޓްރާންސްފާރ ސްޓޭޝަންތަކަށް ކުނި ގެންދިޔުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭތީ، މި މައްސަލަ ހައްލުކުރުމުގެ ގޮތުން ކަމަށާއި އެހެންކަމުން، މި ޚިދުމަތަށް ރަޖިސްޓްރީކުރާ ހުރިހާ ރިސޯޓްތަކަށްވެސް ވެމްކޯގެ އުޅަނދުތަކުގައި ކުނި ނަގައިދިނުމުގެ ޚިދުމަތްދޭނެކަމަށެވެ.
ގުޅުންހުރި

ސިލޯނާއިއެކު ދިވެހީން: ވެމްކޯގެ ފަރާތުން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފި
(1).jpg&w=3840&q=75)
މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސްގެ އިވެންޓް ޕާޓްނަރަކަށް ވެމްކޯ!

މިމަހުގެ 12 އިން 16 އަށް ގްރޭޓަރ މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނަގާ ވަގުތައް ބަދަލުތަކެއް!





