ޣައްޒާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ޚާން ޔޫނުސްއަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވެއްޖެ އެވެ.
އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގެ ދެކުނުގެ ޚާން ޔުނިސްގެ ބައެއް އަވަށްތަކުން މީހުން ހުސްކުރުމުގެ އިންޒާރު ދީފައެވެ.
ޔަހޫދީ އަސްކަރިއްޔާގެ ތަރުޖަމާނު އަވިޗޭ އަދުރައި އެކްސްގައި ލިޔެފައިވާ ގޮތުގައި ޓެރަރިސްޓް ޖަމާއަތްތަކުން އަނެއްކާވެސް އިސްރާއީލުގެ ދައުލަތާ ދިމާލަށް ރޮކެޓް ހަމަލާތައް ދެނީ އެ ސަރަހައްދުންނެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އެ ސަރަހައްދަށް ބޮޑެތި ހަމަލާތަކެއް ވަނީ ދީފައި އެވެ. އެގޮތުން ޔަހޫދީންގެ އެންމެ ލާއިންސާނި ޖަރީމާތައް މިހާތަނަށް ހިންގާފައިވަނީ ޚާން ޔޫނުސްގައި އެވެ.
އިޒްރޭލަށް ޚާން ޔޫނުސްގެ ސަރަހައްދުތަކުން ހަމަލާދީފައިވާ ކަމަށް ޔާހޫދީން ބުނަމުންދާއިރު މިއަދު ހަމާސްއިން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުން އިޒްރޭލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލާފައި އެވެ.



.jpg?w=3840&q=75)




.jpg?w=3840&q=75)


.jpg?w=3840&q=75)


