
ރީކޯ މޫސަގެ އިލްތިމާސެއް ފައްޔާޒުއަށް: ޕްރައިމެރީގައި ވާދަކުރަން ބޭނުން ނަމަ ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވާ!
# ރީކޯ މޫސަ# ފައްޔާޒް އިސްމާއިލް--
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ބޭނުން ނަމަ ޕާޓީގެ ޗެއާޕަސަން ކަމުން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު މިހާރުގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްއަށް އިލްތިމާސްކުރައްވައިފި އެވެ.

ކުރިޔަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކަން ފައްޔާޒު އިއުލާނުކުރެއްވީ މިއަދު އެވެ. އެގޮތުން ފައްޔާޒް މިއަދު އެޕާޓީގެ ގައުމީ މަޖިލީހުގެ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޕްރައިމެރީގައި ވާދަކުރައްވަން ނިންމަވާފައިވާކަމަށާއި ތާއީދު ކުރެއްވުމަށް އެދިލައްވާ ކަމަށެވެ.
މިއާއި އެކު މިރޭ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ބޭނުން ރައްޔިތުންނަށް އިންންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި 3 އަހަރާ 6 މަސްފަހުން ބާއްވާ ރިޔާސީ އިންތިޚާބެއްގައި ވާދަކުރައްވަން ބޭނުންނަމަ އެމްޑީޕީގެ މުދަލާ ފައިސާއާއި އިދާރީ ކަންކަން ނަހަމަގޮތުގާ ބޭނުންކޮށްގެން ކެމްޕެއިން ނުކުރައްވާ ޗެއާޕަސަން ކަމަށް އިސްތިއުފާދެއްވުމަށެވެ.
ރީކޯ މިފަދައިން ވިދާޅުވިއިރު ޕްރައިމެރީގައި ފައްޔާޒު ވާދަކުރައްވަން އިއުލާނު ކުރެއްވުމާއި އެކު ޕާޓީގެ ބައެއް އިސްފަރާތްތަކުގެ މެދުގައިވެސް ވަނީ ހިތްހަމަނުޖެހުންތަކެއް އުފެދިފައި އެވެ.
ދާދި ފަހުން ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެޕާޓީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވަން ދެތިން ބޭފުޅަކު ޝައުގުވެރިވެވަޑައިގެންފައިވާކަން އެނގިލައްވާކަން ހާމަކުރައްވާފައި އެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންތަކެއް ސޯލިހް ހާމަ ނުކުރައްވައެވެ. އަދި ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާނެ ތޯ ކުރެއްވި ސުވާލަށް ރައީސް ސޯލިހް އެ އިންޓަވިއުގައި ސީދާ ޖަވާބެއް ނުދެއްވައެވެ.
އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން ބުނާގޮތުގައި އެޕާޓީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި ޕާޓީގެ ރައީސް އަބްދުالله ޝާހިދު އާއި އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހިމެނިވަޑައިގަންނަވައެވެ.
ގުޅުންހުރި

އިހްސާން ފައްޔާޒަށް: ކޮންމެ ކަމެއް ސިޔާސީ ކުޅިވަރަކަށް ހެދުން ވަރަށްވެސް ޢައިރު ޒިންމާދާރު!

ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުން ބޮޑު ކުށަކަށް ވެއްޖެ - ފައްޔާޒު

ރީކޯ މޫސަގެ އިލްތިމާސެއް ފައްޔާޒުއަށް: ޕްރައިމެރީގައި ވާދަކުރަން ބޭނުން ނަމަ ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވާ!
