
ނަޝީދު ސޮއިކުރާ ޖަލްސާއަށް ތަނެއް ހަމަޖައްސައިނުދީފި ނަމަ ޖަލްސާ ބާއްވާނީ މުލިއާގޭ ކަންމަތީގައި - ފައްޔާޒް
# ފައްޔާޒް އިސްމާއިލް-
އެމްޑީޕީއިން ބޭއްވުމަށް ތައްޔާރުވަމުންދާ ބޮޑު ޖަލްސާއަށް ތަނެއް ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތަށް ސަރުކާރުން ހުރަސް އަޅަމުންދާކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއް އެ ޕާޓީއާ ގުޅިވަޑައިގެންނެވުން ފާހަގަކޮށް މަރުހަބާދެންނެވުމަށް ހަފުލާއެއް ބޭއްވުމަށާއި، އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި އިވެންޓްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން ގެންދާ ކަމަށެވެ.
އަދި މި ހަފްލާތައް ބޭއްވުމަށް މިހާތަނަށް ވެސް އެއްވެސް ތަނެއް ހަމަޖެހިފައިނުވާތީ، 23 ޖޫން 2025 ދުވަހުގެ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެހިއްޖެނަމަ، މުލީއާގޭ ކަންމަތީގައި އެޖަލްސާ ބޭއްވުމަށް ގަސްތުކުރާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެހެންކަމުން މި ޖަލްސާތަކާއި ހަފްލާތައް ބޭއްވުމަށް ސަރުކާރުން އިތުރު ތަނެއް ހަމަޖައްސަވައި ނުދެއްވާނަމަ، އެމް.ޱީ.ޕީ އަށް ތާއިދުކުރައްވާ އެންމެހާ ބޭފުޅުން މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު މުލިއާގޭ ކަންމައްޗަށް ވަޑައިގެން ދެއްވުމަށް އެދި ފައްޔާޒު ވަނީ ދައުވަތު ދެއްވާފައި އެވެ.
އެމްޑީޕީގެ ތެރޭގައި އުފެދުނު ކޯޅުންގަނޑުގެ ތެރެއިން 2023 ވަނަ އަހަރު އެޕާޓީދޫކޮށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި އެމަނިކުފާނު އުފެެއްދެވި ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާއި އަލުން ގުޅެން ނިންމީ މި ނިމުނު ހަފްތާގެ ތެރޭގައި އެވެ. އެބޭފުޅުން އަލުން ޕާޓީއާއި ގުޅިވަޑައިގަންނަވަން ނިންމެވި ނިންމެވުމާއި އެކު އެމްޑީޕީގެ ލީޑަރޝިޕުން ވަނީ އެބޭފުޅުންނަށް ހޫނު މަރުހަބާއެއް ކިޔުމަށް ތައްޔާރުވެފައި އެވެ.
ގުޅުންހުރި

ހަންކެޑެ ހަލާލް ޓުއަރިޒަމަށް ޚާއްސަ ކުރުމަކީ އައްޑޫގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް
.jpg&w=3840&q=75)
ފައްޔާޒުއަށް ސަރުކާރުގެ ރައްދު: ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށްގެންދަވާ!

ނަޝީދު ސޮއިކުރާ ޖަލްސާއަށް ތަނެއް ހަމަޖައްސައިނުދީފި ނަމަ ޖަލްސާ ބާއްވާނީ މުލިއާގޭ ކަންމަތީގައި - ފައްޔާޒް
