.jpg&w=3840&q=75)
ފައްޔާޒުއަށް ސަރުކާރުގެ ރައްދު: ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށްގެންދަވާ!
# ފައްޔާޒް އިސްމާއިލް# ހީނާ ވަލީދު-
އެމްޑީޕީގެ ޖަލްސާއެއް މާލޭގައި ބޭއްވުމަށް ތަނެއް ހަމަޖެއްސުމުގައި ސަރުކާރުން ހުރަސް އަޅަމުންދާކަމަށްބުނެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ދެއްކެވި ވާހަކަތަށް ސަރުކާރުން ރައްދުދީފި އެވެ.

ޔފައްޔާޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއް އެ ޕާޓީއާ ގުޅިވަޑައިގެންނެވުން ފާހަގަކޮށް މަރުހަބާދެންނެވުމަށް ހަފުލާއެއް ބޭއްވުމަށާއި، އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި އިވެންޓްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން ގެންދާ ކަމަށެވެ. އަދި މި ހަފްލާތައް ބޭއްވުމަށް މިހާތަނަށް ވެސް އެއްވެސް ތަނެއް ހަމަޖެހިފައިނުވާތީ، 23 ޖޫން 2025 ދުވަހުގެ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެހިއްޖެނަމަ، މުލީއާގޭ ކަންމަތީގައި އެޖަލްސާ ބޭއްވުމަށް ގަސްތުކުރާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މިކަމަށް ރައްދު ދެއްވައި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި، ޒިއްމާދާރު ސިޔާސީ ޙަރަކާތްތައް ހިންގުމާއި، ޤައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ. އަދި ކުރިން ހުއްދަނެގުމަކާނުލާ، މީގެކުރިން އެއްވެއުޅުމުގެ ހުއްދަ އޮންނަނީ ކާނިވާ ސަރަޙައްދަށް އެކަނިކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ މި ސަރުކާރުން އެކަން ބަދަލުކޮށް ކާނިވާ ސަރަޙައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)، އުސްފަސްގަނޑާއި ރަސްފަންނަކީވެސް ކުރިން ހުއްދަ ނެގުމަކާނުލާ ސިޔާސީ ހަރަކާތް ހިންގޭނެ ތަންތަން ކަމުގައި ކަނޑައަޅާފައިވާނެ ކަމަށެވެ.
އެހެންކަމުން މިގޮތަށް ކަނޑައެޅި، ފުރުަަސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ޜޫލް އޮފްލޯ އާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި އަސާސެއް ކަމަށް ހީނާ ވިދާޅުވިއެވެ.
ގުޅުންހުރި

ހަންކެޑެ ހަލާލް ޓުއަރިޒަމަށް ޚާއްސަ ކުރުމަކީ އައްޑޫގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް
.jpg&w=3840&q=75)
ފައްޔާޒުއަށް ސަރުކާރުގެ ރައްދު: ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށްގެންދަވާ!

ނަޝީދު ސޮއިކުރާ ޖަލްސާއަށް ތަނެއް ހަމަޖައްސައިނުދީފި ނަމަ ޖަލްސާ ބާއްވާނީ މުލިއާގޭ ކަންމަތީގައި - ފައްޔާޒް
