logoEN
cocacola
ޕީއެންސީގެ އެތެރޭގެ އިންތިހާބު ކުރިޔަށްދަނީ!

ޕީއެންސީގެ އެތެރޭގެ އިންތިހާބު ކުރިޔަށްދަނީ!

އަހުމަދު ޝުރާއު

logo

11/23/2024, 7:15:01 AM

# ޕީއެންސީ

--

ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް, ޕީއެންސީގެ އެތެރޭގެ އިންތިހާބު މިއަދު ފަށައިފި އެވެ.

ގޮސިޔާ

ޕީއެންސީއިން. މިއަދު ބުނީ އެޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓްލުން މިއަދު ހެނދުނު 10:00 ގައި ފަށާފައިވާ ކަމަށާއި މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 33،500 މެމްބަރުންނަށް ލިބިފައިވާ ކަމަށެވެ.

މިއަދު ވޯޓުލުން މާލެ އާއި އަތޮޅުތެރޭގެ 88 ރަށުގައި ކުރިއަށްދާ އިރު، ޖުމުލަ 144 ވޯޓް ފޮށި ބަހައްޓާފައިވާ ކަމަށް ޕީއެންސީން ބުނެއެވެ. އޭގެ ތެރެއިން 56 ވޯޓްފޮށި ބަހައްޓާފައި ވަނީ މާލޭގަ އެވެ. މިއަދުގެ އިންތިހާބު ކުރިޔަށްދާނީ މެންދުރު 14:00 ގެ ނިޔަލަށެވެ.

މިއަދުގެ އިންތިހާބުގައި 91 ރަށެއްގައި 1،984 މަގާމަކަށް މީހުން އިންތިހާބުކުރާނެ އެވެ. 1300 މަޤާމަށް، އެންމެ ކެންޑިޑޭޓަކު ކުރިމަތިލައްވާފައިވާތީ، އެ 1300 މަގާމަށް ވަނީ، އިންތިހާބަކާ ނުލައި މީހުން ހޮވިފައެވެ. މިއާއި އެކު މިއަދުގެ އިންތިހާބުގައި ވާދަކުރަނީ 648 ކެންޑިޑޭޓުންނެވެ.

މިއަދުގެ އިންތިހާބުގައި އެޕާޓީގެ ދާއިރާ ރައީސުންނާއި ނައިބު ރައީސުންނާއި ޒުވާނުންގެ ރައީސުންނާއި އަންހެނުންގެ ރައީސްގެ އިތުރުން ސްޓިއަރިންގ ކޮމެޓީއަށް އާންމު މެންބަރުން އިންތިހާބު ކުރުމަށް ވަނީ ނިންމާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ