logoEN
Sto top
ޕީއެންސީގެ ހިންގުމުން އަބްދުއްރަހީމް ދުރުކޮށް ހިންގުން ފަލާހުއާއި ހަވާލުކުރި ކަމަށްބުނެ ފަތުރަނީ ދޮގެއް - މުއާޒް

ޕީއެންސީގެ ހިންގުމުން އަބްދުއްރަހީމް ދުރުކޮށް ހިންގުން ފަލާހުއާއި ހަވާލުކުރި ކަމަށްބުނެ ފަތުރަނީ ދޮގެއް - މުއާޒް

އަހުމަދު ޝުރާއު

logo

3/12/2025, 10:01:07 AM

# ޕީއެންސީ

--

ވެރިކަން ކުރާ ޕީއެންސީގެ ހިންގުން ފަލާހްއާއި ހަވާލުކުރި ކަމަށްބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށް އެޕާޓީގެ އެސްޖީ މުއާޒް ހަލީމް ވިދާޅުވެއްޖެ އެވެ.

Wamco

ޕީއެންސީގެ ހިންގުމުން އެޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް ދުރުކޮށް ހިންގުން ޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ފަލާހްއާއި ހަވާލުކުރި ކަމަށް ބުނެ ބައެއް މީޑިއާތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ. އެގޮތުން ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕީއެންސީ ހިންގުމުން އަބްދުއްރަހީމް ދުރުކޮށްފައިވާކަން ޕާޓީގެ ލީޑާޝިޕްގެ ހުރިހާ ބޭފުޅުންނަށް މިހާރު ވަނީ އަންގާފަ އެވެ.

މިކަމާއި ގުޅިގެން އެހަބަރު ފޭސްބުކުގައި ޝެއާކުރައްވައި ޕީއެންސީގެ ސެކެޓްރީ ޖެނެއަލް މުއާޒް ހަލީވް ވިދާޅުވީ އެއީ " ކަނޑައެޅިގެން ބުހުތާނު ދޮގެއް " ކަމަށެވެ.

މިފަދަ ހަބަރުތަކެއް ދައުރުވެފައިމިވަނީ ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން ފައިސަލް އެމަގާމުން ކުއްލި ގޮތަކަށް ވަކިކުރެއްވުމާއިއެކު ރައީސް މުއިއްޒުއާ އަބްދުއްރަހީމްގެ ގުޅުން ގޯސްވެފައިވާ ދުވަސްވަރެއްގައި އެވެ. އެގޮތުން ގުޅުން ގޯސްވެފައިވާކަން ފައިސަލް ވަކިކުރެއްވުމާއި ގުޅިގެން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އަބްދުްރަހީމްވެސް ވަނީ ހާމަކުރައްވާފައި އެވެ.

ނަމަވެސް ރޭ މަޖިލީހުގެ އިދާރާގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުއްރަހީމް ދެއްވި ތަރާވީހެއްގައި ރައީސް މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside