logoEN
Sto top
ޕާޓީގެ ބޭނުމަށް މަޢުލޫމާތުތަކެއް ހޯދުމަށް ބުނެ ދައުރުވަމުންދަނީ ފޭކު މެސެޖުތަކެއް - ޕީއެންސީ

ޕާޓީގެ ބޭނުމަށް މަޢުލޫމާތުތަކެއް ހޯދުމަށް ބުނެ ދައުރުވަމުންދަނީ ފޭކު މެސެޖުތަކެއް - ޕީއެންސީ

އަހުމަދު ޝުރާއު

logo

3/13/2025, 9:11:17 AM

# ޕީއެންސީ

--

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް, ޕީއެންސީގެ ނަމުގައި އެކިއެކި ފަރާތްތަކަށް "ޕާޓީގެ ބޭނުމަށް މަޢުލޫމާތުތަކެއް ހޯދުމަށް" ކަމަށް ބުނެ، ދައުރުވަމުންދަނީ ފޭކު މެސެޖުތަކެއް ކަމަށް އެޕާޓީއިން މިއަދު ބުނެފި އެވެ.

Wamco

އެޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެޕާޓީގެ ނަމުގައި އެކިއެކި ފަރާތްތަކަށް "ޕާޓީގެ ބޭނުމަށް މަޢުލޫމާތުތަކެއް ހޯދުމަށް" ކަމަށް ބުނެ، މެސެޖްތަކެއް ދައުރު ކުރަމުންދާކަން ޕާޓީގެ ސެކްރެޓޭރިއަޓްގެ ސަމާލުކަމަށް އެކިއެކިފަރާތްތަކުން ގެނެސްފައިވާ ކަމަށެވެ. އެގޮތުން ޕާޓީގެ ބޭނުމަށް ރަށްރަށުން އެއްވެސް މަޢުލޫމާތެއް ހޯދާނަމަ އެކަން ކުރާނީ ސީދާ ޕާޓީގެ ސްޓިއަރިންގ ކޮމިޓީތަކަށް ޕާޓީގެ މައި އިދާރާއިން، ނުވަތަ ޕާޓީގެ ރަސްމީ ޙައިސިއްޔަތެއް އޮތް ފަރާތަކުން ގުޅައިގެން، ނުވަތަ އެކަމަށް ކަނޑައެޅިފައިވާ ޕާޓީގެ ރަސްމީ ޗެނެލްތައް މެދުވެރިކޮށް ކަމަށް ޕީއެންސީން ބުނެއެވެ.

އަދި މިގޮތަށް ގުޅާ ގުޅުންތަކުގައިވެސް ބޭނުންކުރާނީ ޕާޓީގެ ނަމުގައި ހުންނަ ނަންބަރުތައް ކަމަށާއި އެސްއެމްއެސްގެ ޒަރީޢާއިން އެއްވެސް މަޢުލޫމާތެއް ހޯދުމަށް ޕާޓީގެ ރަސްމީ އިދާރާއިން ނޭދޭނެ ކަމަށް ޕީއެންސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޕީއެންސީއިން ވަނީ މިހާތަނަށް ފާހަގަކުރެވިފައިވާ މި ބާވަތުގެ މައްސަލަތައް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅައިގެން ބަލަމުން ގެންދާނެ ކަމުގެ ޔަޤީންކަން ޕާޓީގެ މެންބަރުންނަށް އަރުވާފައި އެވެ. އަދި ސިޔާސީ ބޭނުމަކަށް އެ ޕާޓީގެ ނަމުގައި ޞައްޙަނޫން މެސެޖްތައް ފޮނުވުން ފަދަ ދަށުދަރަޖައިގެ ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާޙާލު، އެފަދަ ޢަމަލުތައް ކުރާފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށްވެސް އެޕާޓީން ވަނީ ގޮވާލާފައި އެވެ.

މީގެ އިތުރުން ޕާޓީގެ މެންބަރުންނާއި ޢާންމު ރައްޔިތުންގެ ކިބައިން އެދެނީ މިފަދަ ޞައްޙަނޫން މެސެޖްތަކަށް އިޖާބަ ނުދިނުމަށާއި، އެފަދަ މެސެޖެއް ލިބިއްޖެނަމަ ވަގުތުން ޕާޓީގެ ރަސްމީ އިދާރާއަށް އެކަން އެންގެވުމަށް ޕިއެންސީން އެދެއެވެ.

އަދި ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށާއި ޕާޓީގެ މަޤްޞަދަކީ ޤައުމުގެ ލާބައާއި މަންފާއަށް މަސައްކަތްކުރުން ކަމަށްވެސް ޕީއެންސީން ވަނީ ފާހަގަކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside