
ފިއްޓޭ ޕީއެންސީއަށް ވެއްދި މައްސަލާގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅުއަޅާނަން - އީސީ
# ޕީއެންސީ--
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ޙުސައިން ޒިޔާދު "ވަގަށް" ޕީއެންސީއަށް ވެއްދި މައްސަލާގައި ޒިންމާވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު، އެބޭފުޅާއަށް އެނގިވަޑައިގަތުމެއްނެތި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އަށް ރަޖިސްޓަރީކުރުމަށްޓަކަައި އެ ކޮމިޝަނަށް ފޯމެއް ހުށަހަޅައިގެން، އެކަން އެ ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ ފޯމު ބާޠިލްކުރެވިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން މެންބަރު ޙުސައިން ޒިޔާދުގެ މެންބަރޝިޕް ޙައިޞިއްޔަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަންވެސް އީސީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް މެންބަރު ޙުސައިން ޒިޔާދު، އެބޭފުޅާއަށް އެނގިވަޑައިގަތުމެއްނެތި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އަށް ރަޖިސްޓަރީކުރުމަށްޓަކައި އެ ކޮމިޝަނަށް ފޯމެއް ހުށަހަޅާފައިވާތީވެ، އެކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅުއަޅާނެ ކަމަށް އީސީން ވަނީ ބުނެފައި އެވެ.
މި މައްސަލައާ ފެންމަތިވުމާއި ގުޅިގެން އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަން ފާހަގަކޮށް އީސީން ބުނީ މި ފަދަކަމެއް އިތުރަށް ތަކުރާރުނުވާނޭ ފަދައިން އިދާރީ އަދި ޤާނޫނީ އިންތިޒާމުތައް ހަމަޖައްސާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.
ގުޅުންހުރި
.webp&w=3840&q=75)
ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާއެއް މާދަމާ ރޭ!

ޕާޓީގެ ބޭނުމަށް މަޢުލޫމާތުތަކެއް ހޯދުމަށް ބުނެ ދައުރުވަމުންދަނީ ފޭކު މެސެޖުތަކެއް - ޕީއެންސީ

ޕީއެންސީގެ ހިންގުމުން އަބްދުއްރަހީމް ދުރުކޮށް ހިންގުން ފަލާހުއާއި ހަވާލުކުރި ކަމަށްބުނެ ފަތުރަނީ ދޮގެއް - މުއާޒް
