.webp&w=3840&q=75)
--
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މާދަމާ ރޭ ބޭއްވުމަށް އެޕާޓީއިން ނިންމައިފި އެވެ.

ޕީއެންސިއިން ބުނީ އެޕާޓީގެ ވަރަށް ފޯރިގަދަ ޖަލްސާއެއް މާދަމާރޭ މާލޭގައި ހުންނަ އެޕާޓީގެ ހަރުގެ ޖަލްސާގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އެޕާޓީން ބުނީ މާދަމާ ޖަލްސާގައި ޕާޓީގެ އިސް މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކާއި އެމައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވާނެ ކަމަށެވެ.
މާދަމާ ޖަލްސާ ފެށުމަށް އެޕާޓީން ތާވަލުކޮށްފައިވަނީ މާދަމާ 08:45 ގައި އެވެ.
ޕީއެންސީން ވަނީ މި ހަރުގެ ޖަލްސާގައި ބައިވެރިވުމަށް ޕީއެންސީގެ މެމްބަރުންނާއި އެންމެހާ ދިވެހި ރައްޔިތުންނަށް ދައުވަތު ދީފައެވެ.