
ތަށި މިލްކުކުރަން ނިކުތް އޮރިކްސް ބަލިކޮށް ރެޑްހޯކްސް ޗެންޕިއަންކަން ހޯދައިފި
# ދިވެހި ކުޅިވަރު # ގައުމީ ހޭންޑްބޯޅަ މުބާރާތް 2024# ހޭންޑްބޯލް މޯލްޑިވްސްއޮރިކްސް އާއި ރެޑްހޯކްސް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަންގައި ފައިނަލްގައި އޮރިކްސް އާއި ރެޑްހޯކްސް ވާދަކުރި މެޗު 29-24 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެޑްހޯކްސް މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

އޮރިކްސް މުބާރާތުގެ ފައިނަލުން ޖާގަހޯދީ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ރެޑްހޯކްސް ފައިނަލުން ޖާގަހޯދީ ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މީގެ އިތުރުން ލީގު ބުރުގައި މިދެޓީމު ކުޅުނު ފުރަތަމަ މެޗު 20-17 ގެ ނަތީޖާއަކުން އޮރިކްސް ކާމިޔާބުކުރި ނަމަވެސް، ދެވަނަ މެޗު 30-24 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެޑްހޯކްސް އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ފަސް ލަނޑުގެ ލީޑަކާއެކު 15-10 ގެ ނަތީޖާއަކުން ރެޑްހޯކްސް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ދެޓީމުންކުރެ ކޮންމެ ޓީމަކުން އިތުރު 14 ލަނޑު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޑްހޯކްސްގެ ފާތިމަތު ޖުނާ އެވެ. އެނާ ވަނީ މިމެޗުގައި އެޓީމަށް 13 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގައި ތިން ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި ތިން ޓީމު މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.
ގުޅުންހުރި

ނެޓްބޯޅަ: ތަފާތުބޮޑު ނަތީޖާއަކުން ކްއީންސް އަދި ޑައިމަންޑް މޮޅުވިއިރު، ޔުނިކޯންސް އާއި ފޯ ދަ ވައިބްސްގެ މެޗު އެއްވަރު

ނެޓްބޯޅަ: ވާދަވެރި ކުޅުމަކަށްފަހު އެޓޭކާސް އަދި ހައި ފްލަޔާސް މޮޅުވިއިރު، ޝޫޓާސްއަށް ފަސޭހަ މޮޅެއް
.jpg&w=3840&q=75)
ނެޓްބޯޅަ: އެލީޓް ސްޕާކްސް ފުރަތަމަ މެޗުން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ކުޅަބު ހުޅު އަތުން ބަލިވެއްޖެ

.gif&w=3840&q=75)



