logoEN
cocacola
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ފަރުމަސްވެރިކަމުގެ މުބާރާތެއް, ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަސް!

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ފަރުމަސްވެރިކަމުގެ މުބާރާތެއް, ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަސް!

އަހުމަދު ޝުރާއު

logo

11/19/2024, 3:40:56 PM

# ފިޝަރީޒް މިނިސްޓްރީ

--

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީ އިން ކުރިއަށްގެންދާ ޚަރަކާތްތަކުގެ ތެރޭގައި ފަރުމަސްވެރިކަމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފި އެވެ.

ގޮސިޔާ

އެމިނިސްޓްރީން ބުނީ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 6 ޑިސެމްބަރު 2024 ގައި ކަމަށެވެ.

އެގޮތުން މި މުބާރާތަކީ ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތަކުގެ ދަށުން ރަޖިސްޓަރކޮށްފައިވާ ނުވަތަ އަމިއްލަގޮތުން ރަޖިސްޓަރކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

މާލެ ސަރަހައްދުގައި ކުރިޔަށް ގެންދާ މި މުބާރާތުގެ އެއްވަނަ ޓީމަކަށް 25,000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައި އެވެ. އަދި ދެވަނަ ޓީމަށް 20,000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ އަށްދާ ޓީމަކަށް 15,000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައި އެވެ. އަދި އެންމެ ބަރުމަސް ބޭނާ ފަރާތަކަށް 2,000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވެސް ވަނީ ނިންމާފައި އެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 24 ނޮވެމްބަރު 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އެއްކަރުދާސްކުރެވިފައިވާ ޢާންމު ޤަވާއިދުގައިވާ ލިންކު މެދުވެރިކޮށް ގޫގުލް ފޯމް ފުރިހަމަ ކުރުމަށް ދަންނަވަމެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 3339225 / 3339270 އާ ގުޅުއްވުން އެދެމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ