logoEN
cocacola
ތިން ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މިފްކޯއާއި ހަވާލުކޮށްފި

ތިން ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މިފްކޯއާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

9/24/2024, 3:08:18 PM

# ފިޝަރީޒް މިނިސްޓްރީ# މިފްކޯ

--

ތިން ރަށެއްގައި އައިސްޕްލާންޓް އެޅުމަށް ސަރުކާރުން މިފްކޯއާއި އެކު ސޮއިކޮށްފި އެވެ.

ގޮސިޔާ

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު މިފްކޯއާއި އެކު ސޮއިކޮށްފައިވަނީ ދ. މީދޫ، ބަނޑިދޫ އަދި ށ. ފުނަދޫގައި އައިސްޕްލާންޓް އެޅުމަށެވެ.

މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ވުޒާރާގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް އީނާސް ނަސީރު އަދި މިފްކޯގެ ފަރާތުން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) އިލްޔާސް ޙަނީފެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ މި މަޝްރޫޢުގެ ދަށުން އެޅޭ ކޮންމެ އައިސްޕްލާންޓަކީ ދުވާލަކު 30 ޓަނުގެ އައިސް އުފައްދާ ޕްލާންޓުތަކެއް ކަމަށާއި މީގެ އިތުރުން ކޮންމެ ޕްލާންޓަކާއެކު 50 ޓަނުގެ އައިސް ރައްކާކުރާ ސްޓޯރޭޖެއް ވެސް އަޅާނެ ކަމަށެވެ.

މި ތިން އައިސްޕްލާންޓް ނިމުމުން ދުވާލަކު ޖުމްލަ 80 ޓަނުގެ އައިސް އުފެއްދޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މި އައިސްޕްލާންޓްތައް ޤާއިމުކުރުމަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ