logoEN
cocacola
މެރިން ހެޗަރީ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި

މެރިން ހެޗަރީ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި

އަލްފާ އަލީ

logo

10/1/2024, 4:36:48 AM

# މެރިން ހެޗަރީ# ފިޝަރީޒް މިނިސްޓްރީ

-

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ގޮސިޔާ

ފިޝަރީޒް މިިނިސްޓްރީއާ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ، އެ ދާއިރާއިން މީހުން ބިނާ ކުރުމަށް ކުރިއަށްގެންދާ އަސާސީ މެރިކަލްޗަރ ކޯހެކެވެ. މިއީ މި ކޯހުގެ ދެވަނަ ބުރެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވާގިތުގައި މިފަހަރުގެ ޕްރޮގްރާމުން ފުރުސަތު ދޭން ނިންމާފައިވަނީ 15 ފަރާތަކަށެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް އެއަށް ވުރެ ގިނަ ފަރާތްތަކުން ހުށަހަޅައިފި ނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.

ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައި ވަނީ ކ. މަނިޔަފުށީގައެވެ. ކޯހުގެ ބޭނުމަށް މާލެ އާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް އިންސްޓިޓިއުޓުން ހަމަޖައްސައި ދޭނެ އެވެ.

30 އޮކްޓޯބަރ އިން ނޮވެންބަރ 12ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ