
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން މާދަމާ އޯޕަންޑޭ އެއް ބާއްވަނީ
# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ--
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން މާދަމާ އޯޕަންޑޭ އެއް ބާއްވަން ނިންމައިފިއެވެ.

ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ހޯމް ޓީމުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފަވާއިރު ޑީޖޭޖޭއިން އޯޕަންޑޭ ނުވަތަ ފަހިދުވަސް ބާއްވަން ނިންމީ ހ. ސަކީނާމަންޒިލް ( 04ވަނަ ފަންގިފިލާ އެޕާޓްމަންޓް 4ބީ ގައެވެ.
މި އޯޕަންޑޭގެ މަގްސަދަކީ އާންމު ރައްޔިތުންނާއި ޑީޖޭޖޭއާ ގާތްގުޅުމެއް ބަދަހިކޮށް ޑީޖޭޖޭގެ މަސައްކަތްތައް ރައްޔިތުންނަށް އޮޅުންފިލުވައިދިނުމެވެ.
ރައްޔިތުންނަށް ހުޅުވާލާފައިވާ މި އޯޕަންޑޭއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 09:00 އިން 11:00ގެ ނިޔަލަށެވެ.
ޑީޖޭޖޭގެ މަސައްކަތްތަކާ ގުޅުން ހުރި ސުވާލުތަކަށް ޖަވާބު ދެއްވާނީ މިނިސްޓްރީ އޮފް ސްޓޭޓް ފޯރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލްއުސްތާޒް އަހުމަދު ސިއްދީގް އާއި ޖުވަނައިލް ޖަސްޓިސް ކޯޑިނޭޓަރ ޝަޒީނާ ސަޢީދު، ޑިރެކްޓަރ ހައްވާ ޒިމްނާގެ އިތުރުން ސީނިއަރ ލީގަލް އޮފިސަރ ފާތިމަތު ފަޒީލާ އަދި ޑިރެކްޓަރ ޢަލީ އައުޒަމްއެވެ.
މީގެ އިތުރުން އެންސީއައޓީން ވެސް ވަނީ މާދަމާ އޯޕަންޑޭ ބާއްވަން ނިންމާފައެވެ. އެ އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފަިއވަނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން މެންދުރު 14:00ގެ ނިޔަލަށް އެންސީއައިޓިގައެވެ. މި އޯޕަންޑޭވެސް ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
ގުޅުންހުރި

ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ ސުންގަޑިއަކީ މިމަހުގެ 30: އެއަށްފަހު އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކުރާނެ!
.webp&w=3840&q=75)
އެއް ލައްކައަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި: މެއި މަހުން ފެށިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓުކުރަން ފަށަނީ!

ރާއްޖޭގެ ސީއާރްވީއެސްއައިޑީ މެނޭޖްމަންޓް ނިޒާމު އަލުން ޑިޒައިންކުރުމަށް ބަޔަކާއި ހަވާލުކޮށްފި
