logoEN
Sto top
އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރ. އަތޮޅުގައި ފަށައިފި

އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރ. އަތޮޅުގައި ފަށައިފި

އަހުމަދު ޝުރާއު

logo

1/22/2025, 7:02:36 AM

# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

--

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓުގެ ޚިދުމަތް ރ. އަތޮޅުގައި ފަށައިފިއެވެ.

Wamco

މި 2 ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި މި ދެ ޚިދުމަތް ރ. އަތޮޅުގައި ރަސްމީކޮށް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ރ. އަތޮޅު ކައުންސިލުގެ ރައީސް ޙުސެއިން ނާސިފެވެ.

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓުގެ ޚިދުމަތް ރ. އަތޮޅުގައި ފަށާފަވާއިރު މިއަދުން ފެށިގެން "އިމުގާ" މެދުވެރިކޮށް ހުށަހަޅާ ޕާސްޕޯޓުތައް ރ.އުނގޫފާރުން ނެގުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އެއްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނިޔަލަށެވެ.

ހަމަމިއާއެކު ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތާއި އައިޑީކާޑު ޕްރިންޓް ކުރުމާއި ދޫކުރުމުގެ ޚިދުމަތް ފަށާނެ ރަށްރަށުގެ މަގުޗާޓުވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މަގު ޗާޓު އެކުލަވާލާފައިވާ ގޮތް:

* ހއ.އިހަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ އޮގަސްޓް 2025ގައި

* ހއ.އިހަވަންދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ މެއި 2025ގައި

* ހދ. މަކުނުދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ސެޕްޓެމްބަރު 2025ގައި

* ހދ. މަކުނުދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ފެބްރުއަރީ 2025ގައި

* ށ. ފުނަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޑިސެމްބަރު 2024ގައި

* ށ. ފުނަދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ޖޫން 2025ގައި

* ށ. މިލަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޖުލައި 2025ގައި

* ނ. ވެލިދޫގައި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ޖުލައި 2025ގައި

* ރ. އުނގޫފާރު، އަލިފުށީގައި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ފަށާނީ މެއި 2025ގައި

* ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޑިސެމްބަރު 2024ގައި

* ބ. ދަރަވަންދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޮގަސްޓް 2025ގައި

* ޅ. ނައިފަރުގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ އޭޕްރިލް 2025ގައި

* ޅ. ނައިފަރުގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ސެޕްޓެމްބަރު 2025ގައި

* ކ. ގުރައިދޫ، ތުލުސްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ އޮކްޓޯބަރު 2025ގައި

* ކ. ގުރައިދޫ، ތުލުސްދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ނޮވެމްބަރު 2025ގައި

* އއ. ރަސްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ސެޕްޓެމްބަރު 2025ގައި

* އއ. ރަސްދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޮކްޓޯބަރު 2025ގައި

* އދ. މަހިބަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ މާރޗް 2025ގައި

* އދ. މަހިބަދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޮގަސްޓް 2025ގައި

* ވ. ފެލިދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޑިސެމްބަރު 2025ގައި

* ވ. ފެލިދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ނޮވެމްބަރު 2025ގައި

* މ. މުލީގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ އޮގަސްޓް 2025ގައި

* މ. މުލީގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޮކްޓޯބަރު 2025ގައި

* ފ. ނިލަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޖޫން 2025ގައި

* ފ. ނިލަންދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ސެޕްޓެމްބަރު 2025ގައި

* ތ. ވޭމަންޑޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ފެބްރުއަރީ 2025ގައި

* ތ. ވޭމަންޑޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ޖުލައި 2025ގައި

* ލ. އަތޮޅުގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ޖޫން 2025ގައި

* ގއ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޖަނަވަރީ 2025ގައި

* ގދ. ތިނަދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ މާރޗް 2025ގައި

* ގދ. ގައްދޫގައި ޕާސްޕޯޓްގެ ޚިދުމަތް ފަށާނީ ޖޫން 2025ގައި

* ޏ. އަތޮޅުގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޭޕްރިލް 2025ގައި

* އައްޑޫސިޓީގެ މަރަދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޭޕްރިލް 2025ގައި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު ރައީސް ޑރ. މުޢިއްޒު އިފްތިތާހުކޮށްދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside