.webp&w=3840&q=75)
އެއް ލައްކައަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި: މެއި މަހުން ފެށިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓުކުރަން ފަށަނީ!
# ބިދޭސީން# އޮޕަރޭޝަން ކުރަނގި# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ--
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިޔަށްގެންދާ އޮަޕަރޭޝަން ކުރަނގި އަށް މައުލޫމާތު ނުދީ ތިބި ބިދޭސީންގެ މައުލޫމާތު އަންނަ މަސް ނިމުމުގެ ކުރިން ހިއްސާކުރުމަށް ހޯމްލޭންޑް މިނިސްޓްރީން އެދެފި އެވެ.

އެމިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްހުރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން 2 ެއި 2024 ގައި ފެށުނު އޮޕަރޭޝަން "ކުރަނގި" އަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންވަނީ ގޮސްފައިވާ ކަމަށާއި އެގޮތުން ފާއިތުވި 10 މަސް ދުވަހުގެ ތެރޭގައި މި ބިދޭސީންގެ މައުލޫމާތު އެއްކުރެވުނު އަދަދު 100,000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. މީގެ ތެރެއިން ގްރޭޓާރ މާލެ ސަރަހައްދުންވެސް 65,000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނި އެއްކުރެވިފައި އެކަމަށް އެމިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފާއިތުވި ސަރުކާރުގެ 5 އަހަރު ނިމުނު އިރު އެއްކުރެވިފައިވަނީ ގާތްގަނޑަކަށް 40 ހާސް ބިދޭސީންގެ މައުލޫމާތު ކަމަށާއި ބިދޭސީންގެ މައްސަލަ މިހާބޮޑަށް ބައްސުންލައިގެން ގޮސްފައިވަނީ މީގެ ކުރީގެ ސަރުކާރުތަކުން އަމަލީ މަސައްކަތަށް މާބޮޑު ސަމާލުކަމެެއް ދީފައި ނުވާތީ ކަމަށެވެ.
" الله ގެ ވާގިފުޅާއި އެކު ކާމިޔާޝު ކަމާއި އެކު އޮޕަރޭޝަން ކުރަނގި ނިންމާލެވޭއިރު ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލު ލިބިގެންދާނެ އެވެ." ބަޔާނުގައި ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ ބިދޭސީ މަސައްކަތްތެރިން ގެނައުމަށް މިހާރު އޮތް ހަރުކަށި އުސޫލުތަކަސް އޮޕަރޭޝަން ކުރަނގި ނިމުމުން ބޭރުމީހުން ގެނައުމުގައި މިހާެރު އޮތް ދަތިކަން ފިލައިދާނެކަމަށެވެ.
މިއާއިއެކު ރާއްޖޭގެ އުޅޭ ބިދޭސީންގެ ތެރެއިން މިއަދާއި ހަމައަށް އެފެރާތްތަކުގެ މައުލޫމާތު ނުދެއްވާތިބި ފަރާތްތައް 30 އޭޕްރިލްގެ ކުރިން ފޮރިން ލޭބާރ ޑިޕާޓްމެންޓާއި ހިއްސާކޮށް ދެއްވުމަށް މިނިސްޓްރީ އެދިފައިވާއިރު މި ތާރީހަށް ފަހުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ފެށިގެންދާނެކަން ވަނީ ފާހަގަކޮށްފައި އެވެ.
ގުޅުންހުރި

ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ ސުންގަޑިއަކީ މިމަހުގެ 30: އެއަށްފަހު އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކުރާނެ!
.webp&w=3840&q=75)
ވިލިމާލެ ފެރީ ޓަރމިނަލް އާއި ސޯޝަލް ސެންޓަރު ސަރަހައްދުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް ހައްޔަރަށް!
.webp&w=3840&q=75)
އެއް ލައްކައަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި: މެއި މަހުން ފެށިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓުކުރަން ފަށަނީ!
