logoEN
Sto top
ރާއްޖޭގެ ސީއާރްވީއެސްއައިޑީ މެނޭޖްމަންޓް ނިޒާމު އަލުން ޑިޒައިންކުރުމަށް ބަޔަކާއި ހަވާލުކޮށްފި

ރާއްޖޭގެ ސީއާރްވީއެސްއައިޑީ މެނޭޖްމަންޓް ނިޒާމު އަލުން ޑިޒައިންކުރުމަށް ބަޔަކާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

1/30/2025, 4:27:18 PM

# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

--

ވޯލްޑްބޭންކްގެ ހިލޭ އެހީގެ ދަށުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހިންގަމުންދާ "ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް" ގެ ދަށުން ދިވެހިރާއްޖޭގެ ސިވިލް ރަޖިސްޓްރޭޝަން، ވައިޓަލްސް ސްޓެޓިސްޓިކްސް އަދި އައިޑެންޓިފިކޭޝަން (ސީ އާރް ވީ އެސް އައިޑީ) މެނޭޖްމަންޓް ނިޒާމު އަލުން ޑިޒައިންކުރުމަށް ކޮންޓްރޯލް ޑޭޓާ (ތައިލެންޑް) ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

Wamco

މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޑރ. މުޙައްމަދު ކިނާނަތެވެ. އަދި ކޮންޓްރޯލް ޑޭޓާ (ތައިލެންޑް) ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަ މިސްޓަރ ނާރޓް ލިއުޗަރެއޮން އެވެ.

މި އެއްބަސްވުގެ ދަށުން މައިގަނޑު ގޮތެއްގައި އެހީ ފޯރުކޮށްދެވޭނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީ އެން އަރ) ގެ ފައުންޑޭޝަނަލް އައިޑެންޓިޓީ ސިސްޓަމް ހަރުދަނާކުރުމަށެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ޑީމެޑް ޕްރޮޖެކްޓްގެ 2 ވަނަ ކޮމްޕޯނަންޓްގެ ދަށުންނެވެ.

މި ނިޒާމު ޤާއިމްކުރެވުމުން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ އިން ބަލަހައްޓާ އީފާސް ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު ހިންގުމާއި، ލޯކަލް ގަވަރންމަންޓް އޮތޯރިޓީ އަދި ކައުންސިލްތަކުން ކުރަމުންގެންދާ އާބާދީ ބެލެހެއްޓުމުގެ މަސައްކަތްތަކާއި، ސިއްޚަތާބެހޭ ވުޒާރާ އަދި މޯލްޑިވްސް ސްޓެޓިސްޓިކަލް ބިއުރޯއަށް ބޭނުންވާ ތަފާސް ހިސާބުތައް، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން، ސައްޚަކަމާއި، ރައްކާތެރިކަމާއި އަދި ރިއަލްޓައިމްކޮށް އެކަށީންގެވާ ގޮތެއްގައި ލިބުމަށް މަގު ފަހިވެގެންދާނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތް ނިމުމާއިއެކު، ޑީ އެން އާރް އަށް ބޭނުންވާ ސޮފްޓްވެއަރ އަދި ހާޑްވެއަރ ހޯދުމުގެ މަސައްކަތް ޑީމެޑް ޕްރޮޖެކްޓް އިން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ކޮންޓްރޯލް ޑޭޓާ (ތައިލޭންޑް) ލިމިޓެޑް (ސީޑީޓީ) އަކީ ޑޭޓާ ބެކަޕް ސެންޓަރެއްގެ ގޮތުގައި މަސައްކަތް ފެށި، އަދި ފަހުން އެމެރިކާގެ ކޮންޓްރޯލް ޑޭޓާ ކޯޕަރޭޝަންގެ ގޮތްޕެއްގެ ގޮތުގައި ތައިލޭންޑްގެ ސަރުކާރުގެ އިދާރާތަކަށާއި، ދައުލަތުގެ ވިޔަފާރިތަކަށާއި އަދި އަމިއްލަ ކުންފުނިތަކަށް ކޮމްޕިއުޓަރ މެއިންފްރޭމްތައް ފޯރުކޮށްދޭން ފެށި ކުންފުންޏެކެވެ.

ސީޑީޓީ އަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި ބަޔޮމެޓްރިކްއަށް ޚާއްޞަވެފައިވާ ޓެކްނޮލޮޖީ ޙައްލުތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. ޤައުމީ އައިޑީ ސިސްޓަމްތަކަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން، ސީޑީޓީ އިން ވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ޑިޖިޓަލް އައިޑެންޓިޓީ ވެރިފިކޭޝަން ޕްލެޓްފޯމްތައް ތަރައްޤީކޮށްފައެވެ. މީގެ ތެރޭގައި ތައިލެންޑްގެ ރައްޔިތުންނަށް އޮންލައިން މުޢާމަލާތްތަކުގައި އަދި ސަރުކާރުގެ ޚިދުމަތްތަކަށް ރައްކާތެރިކަމާއެކު އެމީހެއްގެ އައިޑެންޓިޓީ ކަށަވަރުކޮށްދިނުމަށް އެހީތެރިވެދޭ ތައި ޑިޖިޓަލް އައިޑެންޓިޓީ (ތައި އައިޑީ) މޮބައިލް އެޕްލިކޭޝަން ހިމެނެއެވެ. މީގެ އިތުރުން، ސީޑީޓީ އިން އަންނަނީ 1983 ވަނަ އަހަރުން ފެށިގެން ތައިލެންޑްގެ، އުފަންވުމާއި މަރުވުން އަދި އެހެނިހެން ވައިޓަލްސް ރެކޯޑުތައް ބަލަހައްޓާ ޑިޖިޓަލް ނިޒާމުޤާއިމްކޮށް ބެލެހެއްޓުމުގެ މުހިންމު ދައުރެއް އަދާކުރެއެވެ. އަދި 1990 ވަނަ އަހަރު މި ނިޒާމަށް ވަނީ ވޮޝިންޓަންގެ "ކޮމްޕިއުޓަރ ވޯލްޑް ސްމިތްސޯނިއަން އެވޯޑް ފޮރ އިމްޕްލިމެންޓިންގް ކޮމްޕިއުޓަރ ޓެކްނޯލޮޖީ ޓު ޕްރޮޑިއުސް ބެނިފިޝަލް ޗޭންޖަސް ފޮރ ސޮސައިޓީ" އެވޯޑް ލިބިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside