
ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ ސުންގަޑިއަކީ މިމަހުގެ 30: އެއަށްފަހު އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކުރާނެ!
# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ--
ބިދޭސީންގެ ބައޯމެޓްރިކްސް އަދާހަމަކޮށްފައި ނުވާ ފަރާތްތަކުން މިމަހުގެ ނިއަލަށް އެމަޢުލޫމާތު އަދާހަމަކުރުމަށް ހޯމްލޭންޑް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އެމިނިސްޓްރީން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާދޭ ބައެއް ފަރާތްތަކުގެ ނަންމަތީގައި ރާއްޖެގެނެސްފައިވާ ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓްކޮށް އަދާހަމަކޮށްފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން 2025 އޭޕްރީލް 30 ވަނަ ދުވަހުގެ ކުރިން ، ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތަކުގެ ބައޯމެޓްރިކްސް އަޕްޑޭޓްކޮށް ނިންމުމަށް އަންގާކަމަށް އިއުލާނުގައި ވެއެވެ.
ބައޯމެޓްރިކްސް އަޕްޑޭޓް ކުރެވިފައިނުވާ ބިދޭސީންގެ ހާލަތު (ވަރކް ޕަރމިޓް ސްޓޭޓަސް) 2025 އޭޕްރިލް 30 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހިއްސާކުރުމަށްވެސް ވަނީ އަންގާފައި އެވެ.
އަދި މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއްނެތި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާ ވަޒީފާދޭ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައި އެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފެށި 'ކުރަނގި' އޮޕަރެޝަނުގައި މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައި އެވެ.ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން އުޅޭ މައްސަލަ ބޮޑުވެ ރެގިއުލޭޓްކުރުމަށްޓަކާ ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކުރުމުގެ މަސައްކަތް މިނިސްޓްރީން ފެށީ މިދިޔަ އަހަރު މެއި މަހުގެ 2ވަނަ ދުވަހުއެވެ.
ގުޅުންހުރި

ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން 10 މީހަކު ޓެގް އަޅުވައި ދޫކޮށްލައިފި

އަމާޒަކީ 2027ވަނަ އަހަރު ނިމުމުގެ ކުރިން ހޯޕް އައިލެންޑުގެ މަސައްކަތް ނިންމުން: އިހްސާން

ހުއްދަ ނެގުމަކާއި ނުލައި މާލޭގައި މުޒާހަރާކުރެވޭނެ 4 ސަރަހައްދެއް ކަނޑައަޅައިފި
