logoEN
WAMCO TOP 1
އެމެރިކާ ސަރުކާރުގެ މަންދޫބެއް ލުބުނާނަށް ވަޑައިގަންނަނަވަނީ

އެމެރިކާ ސަރުކާރުގެ މަންދޫބެއް ލުބުނާނަށް ވަޑައިގަންނަނަވަނީ

އަހުމަދު ޝުރާއު

logo

11/18/2024, 9:18:51 AM

# ލުބުނާން - އިސްރާއިލް

ޔަހޫދީ އިޒްރޭލާއި ލުބުނާނާއި ދެމެދު ހަމަލާބަދަލުކުރުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި އެމެރިކާގެ އިސް މަންދޫބަކު ލުބުނާނަށް ވަޑައިގަތުމަށް ނިންމައިފި އެވެ.

THE TRAVELLER AD

ހިޒްބުالله އާއި އިސްރާއީލާ ދެމެދު ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އެމެރިކާގެ މަންދޫބު އަމޯސް ހޮޗްސްޓެއިން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އަންގާރަ ދުވަހު ވަޑައިގަންނަވާނެ ކަމަށް ލުބުނާނުގެ ސިޔާސީ މަސްދަރަކުން ރޮއިޓާސް އަށް ވަނީ ކަށަވަރުކޮށްދީފައި އެވެ.

ލުބުނާނުގެ މީޑިއާ އައުޓްލެޓް ވޮއިސް އޮފް ލުބްނާނުން ވެސް ވަނީ ލުބުނާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަސެމް ހާޝިމްއާ ހަވާލާދީ މި ދަތުރުފުޅުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.

އަހަރަކަށްވުރެ ގިނަ ދުވަސްވަންދެން ހިނގަމުންދާ ހަނގުރާމަހުއްޓާލުމުގެ އުއްމީދުގައި އެމެރިކާއިން ލުބުނާނުގެ ދައުލަތަށް ހަނގުރާމައިގެ އާ ހުށަހެޅުމެއް މިދިޔަ ހަފްތާގައި ވަނީ ހުށަހަޅާފައި އެވެ. ހިޒްބުالله އިން ރޭ ވަނީ އެ ޖަމާއަތުގެ މަޝްވަރާގެ ޕްރޮކްސީ، ޕާލަމެންޓްގެ ރައީސް ނަބީހް ބެރީ މެދުވެރިކޮށް އެމެރިކާއަށް ރައްދުކޮށްފައެވެ.

ބެލެވޭ ގޮތުގައި އެމެރިކާގެ މަންދޫބު އަމޯސް ހޮޗްސްޓެއިންގެ ދަތުރުފުޅުގައި ހިޒްބުالله ގެ އިސްވެރިންނާއި ބައްދަކުރައްވާނެ އެވެ.

ކޮމެންޓް
ފަހުގެ
HDC