
އިޒްރޭލުގެ ސަރަހައްދަކަށް ވައިގެވައިގެ ހަމަލާއެއް އަމާޒުވެފައިވާ ކަމުގެ އެއާ ސައިރެންތައް އިވެން ފަށައިފި އެވެ.

އިޒްރޭލުގެ ދެކުނުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ގަލްފް އޮފް އަކަބާގައި އޮންނަ އެއިލަތުގައި ވައިގެ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރުދޭ ސައިރަންގެ އަޑުތައް ގަދަވެފައިވާކަން އެގައުމުގެ ނޫސްތަކުން ދަނީ ކުއްލި ހަބަރުގެ ގޮތުގައި ގެނެސްދެމުންނެވެ.
އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ބުނީ މީގެ ކުރިން މިސައިލާއި ޑްރޯން ހަމަލާގެ ޝިކާރައަކަށްވެފައިވާ އެ ސަރަހައްދު މިހާރު އޮތީ ރެޑް އެލާޓްގައި ކަމަށެވެ.
އެއިލަތަށް ހަމަލާތަކެއް ފޮނުވާލީ ކޮންބައެއްކަން އަދި މިހާތަނަށް ހާމަވެފައި ނުވި ނަމަވެސް ލުބުނާނުގެ ހިޒްބުالله އިން ވަނީ މީގެ ކުރިން އެސަރަހައްދަށް މިސައިލް އަދި ރޮކެޓު ހަމަލާތަކެއް ދީފައި އެވެ.
އެއިލަތު ރެޑް އެލާޓުގައި އޮތް އިރު އަދި މިހާތަނަށް ޔަހާޫދީ އަސްކަރިއްޔާއިން ވަކި އެއްޗެއް ހާމަކޮށްފައި ނުވެއެވެ.
ގުޅުންހުރި

އިރާގުގެ ސަހަރާއެއްގެ ތެރޭގައި އެމެރިކާގެ ހުއްދައާއިއެކު އިޒްރޭލުން ސިއްރު ބޭސްއެއް ގާއިމްކުރިކަން ފަޅާއަރައިފި: މައްސަލަ އދ އަށް!

ރަފާހްގައި ހަރަކާތްތެރިވަމުންދިޔަ ޔަހޫދީންގެ ސިއްރު ސިފައިންތަކެއް މަރާލައިފި

ހޫތީންގެ ހަމަލާތަކާއިއެކު އިޒްރޭލުގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް!




