![ރޮނާލްޑޯގެ ދެލަނޑާއެކު ޕޮލެންޑް ބަލިކޮށް ޕޯޗުގަލް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F11%2F1000029698.jpg&w=3840&q=75)
ރޮނާލްޑޯގެ ދެލަނޑާއެކު ޕޮލެންޑް ބަލިކޮށް ޕޯޗުގަލް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ކްރިސްޓިއާނޯ ރޮނާލްޑޯޕޯޗުގަލް ކުޅުންތެރިން ޕޮލެންޑް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާކުކުރަނީ..
ޔުއެފާ ނެޝަނަލް ލީގުގައި ހުކުރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 5-1 ގެ ނަތީޖާއަކުން ޕޮލެންޑް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޕޯޗުގަލް މުބާރާތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
މިމުބާރާތުގައި ޕޯޗުގަލް އެންމެ ފަހުން ކުޅުނު މެޗުގައި ސްކޮޓްލޭންޑާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއއވަރުވެފައިވާއިރު، ޕޮލެންޑް އެންމެ ފަހުން ކްރިއޭޝިއާއި ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-1 ގެ ނަތީޖައަކުން ކާމިޔާބުކުރީ ޕޯޗުގަލްއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ޕޯޗުގަލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި އެޓީމުން ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ރަފައެލް ލެއާއު، ބްރޫނޯ ފެނާންޑޭޒް އަދި ވިޓީނިއާ މިއިން ކޮންމެ ކުޅުންތެރުއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި ޕޮލެންޑްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޑޮމިނިކް މާކްޒޫކްއެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން ޕޯޗުގަލްއަށް 13 ޕޮއިންޓް ލިބިފައިވައިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޕޮލެންޑް ކުޅުނު ފަސް،މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ތިންވަނައިގައެވެ.