
--
ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަންގެ މުވައްޒަފުން އިސްނަގައިގެން ނުކުމެ ހުޅުމާލެ ފޭސް 2 އާއި ފަރުކޮޅުފުށި ސަރަހައްދުގެ ބީޗް ސާފުކޮށްފި އެވެ.

ވެމްކޯއިން މިއަދު ބުނީ އެކުންފުނިން އިސްނަގައިގެން މިއަދު އެކުންފުނީގެ މުވައްޒަފުންނާއި މެނޭޖްމެންޓުން ހުޅުމާލެ ފޭސް2 އަދި ފަރުކޮޅުފުށިބީޗް ސާފްކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން މި ހަރަކާތުގައި ފުޅި، ދަޅު، ފައިބަރާއި މެރިން ކެމިކަލް ވޭސްޓް ހިމެނޭހެން 5 ޓަނަށްވުރެ ގިނަ ކުނި ވަނީ އެއްކުރެވިފައި ކަމަށް ވެމްކޯއިން މައުލޫމާތު ދެއެވެ.
މި ހަރަކާތަކީ ސާފު ވެއްޓެއް ގާއިމްކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސިލްސިލާކޮށް ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ކުރިޔަށް ގެންދާނެ ހަރަކާތެއް ކަމަށް ވެމްކޯއިން ވަނީ ބުނެފައި އެވެ.
ވެމްކޯއިން މިއަދު ސާފުކުރި ފަރުކޮޅުފުށި ބީޗު ސަރަހައްދަކީ ކުނީގެ ސަބަބުން ފެންވެސް ތަގައްޔަރުވެފައިވާ ސަރަހައްދެކެވެ.
ގުޅުންހުރި

ސިލޯނާއިއެކު ދިވެހީން: ވެމްކޯގެ ފަރާތުން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފި
(1).jpg&w=3840&q=75)
މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސްގެ އިވެންޓް ޕާޓްނަރަކަށް ވެމްކޯ!

މިމަހުގެ 12 އިން 16 އަށް ގްރޭޓަރ މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނަގާ ވަގުތައް ބަދަލުތަކެއް!





