
ލުބުނާނުގެ ޖަމާއަތެއްކަމަށްވާ ހިޒްބުالله އިން އިޒްރޭލުގެ ހައިފާގައި ހުންނަ ޔަހޫދީންގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފި އެވެ.

ހިޒްބުالله އިން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން އިސްރާއީލުގެ ދެކުނު ހައިފާގައި ހުންނަ ތިރާ އަލް ކާމެލް އަސްކަރީ މަރުކަޒަށް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
ނަމަވެސް މި ބަޔާނު ނެރުނުތާ ކުޑައިރުކޮޅެއް ފަހުން އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ލުބުނާނުން ހައިފާ ބޭ ސަރަހައްދަށް ހަމަލާދިނީ ރޮކެޓުން ކަމަށާއި އެސަރަހައްދަށް ފަސް ރޮކެޓް ފޮނުވާލާފައިވާ ކަމަށެވެ.
މި ރޮކެޓުތަކުގެ ތެރެއިން ބައެއް ރޮކެޓުތައް ހުއްޓުވި ނަމަވެސް, އެއް ރޮކެޓު ހައިފާގެ ކޮންސްޓްރަކްޝަން ސައިޓަކަށް ވެއްޓުނު ކަމަށް ވަނީ ބުނެފައި އެވެ. އަދި އެހާދިސާގައި ޒަހޫދީއަކު ޒަހަމްވި ކަމަށްވެސް އިޒްރޭލު އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.
ރޮކެޓާއި މިސައިލް ބޭނުންކޮށްގެން ޔަހޫދީންނަށް އަމާޒުކޮށްގެން ހިޒްބުالله ގެ ހަނގުރާމަވެރިން ދެމުންދާ ހަމަލާތައް ވަނީ އިތުރުވެފައި އެވެ. އެގޮތުން ރޭގެ ވަގުތެއްގައި ހިޒްބުالله އިން ވަނީ އިޒްރޭލުގެ މުހިންމު އަމާޒުތަކަކަށް ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލާފައި އެވެ.
ގުޅުންހުރި

ހިޒްބުالله ގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައިފިން - އިސްރާއީލް

ނަސްރަالله ހިމެނޭހެން ޝަހީދުކޮށްލި ހިޒްބުالله ގެ އިސްވެރިންގެ ރަސްމީ ޖަނާޒާ މިމަހު ފަހުކޮޅު!

ހިޒްބުالله ގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައިފި
