
ރާއްޖޭގައި ވެސް ދެން ބޭނުންކުރާނީ 911: ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަށް އެއް ނަމްބަރަކުން!
# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ--
ކުއްލި ހާލަތްތަކުގައި ގުޅުމަށް ގިނަ ގައުމުތަކުގައި ބޭނުންކުރަމުން އަންނަ 911 ގެ ޝޯޓް ކޯޑް ލައިން ރާއްޖޭގައި ވެސް ބޭނުންކުރަން ފަށައިފި އެވެ.

ކުއްލި ހާލަތްތަކުގައި ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަކަކަށް އެއް ނަންބަރަކުން ގުޅޭގޮތް ހަމަޖެއްސުމަށްޓަކައި ތައާރަފްކުރި އެމަޖެންސީ ސަރވިސް ހޮޓްލައިން "911" އިފްތިތާހު ކުރީ މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގެ ދާހިލީ ވަޒީރު އަލީ އިހްސާން އެވެ.
ހޯމް މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މި ލައިން ތައާރަފްކުރުމާއި އެކު، އެ ނަންބަރަށް ގުޅައި ހާލަތު ހިއްސާކުރުމުން، އެ ހާލަތަކާ ގުޅޭ ކުއްލި ހިދުމަތުގެ އިދާރާއަކުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
މި ޚިދުމަތް ރާއްޖޭގައި އިފްތިތާހްކޮށްފައިވަނީ މި ކަމުގެ މައި ސެންޓަރު ފުލުހުންގެ މުއައްސަސާގައި ގާއިމްކޮށް ފުލުހުންގެ ޚިދުމަތާއި، އެމްބިއުލާންސްގެ ޚިދުމަތުގެ އިތުރުން ކޯސްޓްގާޑް، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޙިދުމަތްވެސް 911 ނަންބަރުގެ ތެރެއިން ރައްޔިތުންނަށް ލިބިގެންދާ ގޮތަށެވެ.
911 އަކީ ދުނިޔޭގެ ބޮޑެތި ގިނަ ގައުމުތަކުގައި ވެސް ޒަމާނުންސުރެ ބޭނުންކުރަމުން އަންނަ އެމަޖެންސީ ނަންބަރެވެ.
ގުޅުންހުރި

ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ ސުންގަޑިއަކީ މިމަހުގެ 30: އެއަށްފަހު އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކުރާނެ!
.webp&w=3840&q=75)
އެއް ލައްކައަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި: މެއި މަހުން ފެށިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓުކުރަން ފަށަނީ!

ރާއްޖޭގެ ސީއާރްވީއެސްއައިޑީ މެނޭޖްމަންޓް ނިޒާމު އަލުން ޑިޒައިންކުރުމަށް ބަޔަކާއި ހަވާލުކޮށްފި
