logoEN
WAMCO TOP 1
ހިޒްބުالله ގެ ހަމަލާއެއްގައި އިޒްރޭލުގެ 6 ސިފައިން މަރާލައިފި

ހިޒްބުالله ގެ ހަމަލާއެއްގައި އިޒްރޭލުގެ 6 ސިފައިން މަރާލައިފި

އަހުމަދު ޝުރާއު

logo

11/13/2024, 7:10:08 PM

# ޔަހޫދީ އިސްރާއީލް

ލުބުނާނުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި ޔަހޫދީ އިޒްރޭލުގެ 6 ސިފައިން މަރާލައިފި އެވެ.

THE TRAVELLER AD

އިސްރާއީލުގެ އަސްކަރިއްޔާއިން ދާދި ދެންމެ އަކު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލުބުނާނުގެ ދެކުނުގައި އަސްކަރިއްޔާއިން ކުރިޔަށްގެންދާ އެއްގަމު އޮޕަރޭޝަންގައި ހަ ސިފައިން މަރުވެފައިވާ ކަމަށެވެ.

ނަމަވެސް މި ހަމަލާއާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އެހެނިހެން ބައެއް ރިޕޯޓުތައް ބުނާގޮތުގައި ޔަހޫދީ ސިފައިންނާއި ހިޒްބުالله ގެ ހަނގުރާމަވެރިންނާއި ދެމެދު ނީ ލުބުނާނުގެ ދެކުނުގައި މިއަދު ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ހިނގާފައި އެވެ. މި ހަމަލާބަދަލުކުރުންތަކުގައި ޔަހޫދީ އިޒްރޭލުގެ ގިނަ އަދަދެއްގެ ސިފައިން ޒަހަމްވެފައިވާކަމަށްވެސް އިޒްރޭލުގެ ބައެއް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާގެ އިތުރުން ހިޒްބުالله އިން މިއަދު ވަނީ ޔަހޫދީ ސިފައިންނަށް އަމާޒުކޮށް ރޮކެޓު ހަމަލާތަކެއްވެސް ދީފައި އެވެ.

ކޮމެންޓް
ފަހުގެ
HDC