
ފަހަތުން އަރައި ޔުނިޓީ ބަލިކޮށް އިސްލޭނޯ ސެމީފައިނަލުން ޖާގަހޯދައިފި
# ގައުމީ ހޭންޑްބޯޅަ މުބާރާތް 2024# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސްއިސްލޭނޯ އާއި ޔުނިޓީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ކުއާޓާ ފައިނަލް ތިންވަނަ މެޗުގައި މިރޭ ކުލަބު ޔުނިޓީ އައިލެންޑާސް އާއި އިސްލޭނޯ ސްޕޯޓްސް ކުލަބު ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 14-15 ގެ ނަތީޖާއަކުން މޮޅުވެ އިސްލޭނޯ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އިސްލޭނޯ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ގުރޫޕް ތިނެއްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ޔުނިޓީ ކުއާޓާ ފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ގުރޫޕް ފަހެއްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓިމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ އެއްލަނޑުގެ ލީޑަކާއެކު 6-7 ގެ ނަތީޖާއަކުން ޔުނިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ އަވަސް ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފަހު ތިން މިނެޓާއި ހަމައަށް ވެސް ލީޑުކުރަމުންދިޔައީ ޔުނިޓީއެވެ. ނަމަވެސް އިސްލޭނޯ އިން ވަނީ މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކޮށް މެޗުގެ ނަތީޖާ އެޓީމުކޮޅަށް އަބުރާލަފައެވެ.
އެގޮތުން މެޗުގެ ދެވަނަ ހާފުގައި އިސްލޭނޯ އިން އިތުރު ނުވަ ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޔުނިޓީއަށް ކާމިޔާބުކުރެވުނީ އިތުރު ހަތް ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިސްލޭނޯގެ ގޯލު ކީޕަރު ޚަދީޖާ އިބްރާހިމް އެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ޓީމުގެ އިތުރުން ،ހަ ގުރޫޕްގެ ދެވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ..
ގުޅުންހުރި

ނެޓްބޯޅަ: ތަފާތުބޮޑު ނަތީޖާއަކުން ކްއީންސް އަދި ޑައިމަންޑް މޮޅުވިއިރު، ޔުނިކޯންސް އާއި ފޯ ދަ ވައިބްސްގެ މެޗު އެއްވަރު

ނެޓްބޯޅަ: ވާދަވެރި ކުޅުމަކަށްފަހު އެޓޭކާސް އަދި ހައި ފްލަޔާސް މޮޅުވިއިރު، ޝޫޓާސްއަށް ފަސޭހަ މޮޅެއް
.jpg&w=3840&q=75)
ނެޓްބޯޅަ: އެލީޓް ސްޕާކްސް ފުރަތަމަ މެޗުން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ކުޅަބު ހުޅު އަތުން ބަލިވެއްޖެ

.gif&w=3840&q=75)



