
ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑް އަތުން ބާސެލޯނާ ބަލިވެއްޖެ
# ބާސެލޯނާ# ބޭރު ދުނިޔޭގެ ކުޅިވަރު# ސްޕެނިޝް ލަ ލީގާ# ރެއާލް ސޮސިއެޑާޑްބާސެލޯނާ އާއި ރެއާލް ސޮސިއެޑާޑް ވާދަކުރި މެޗުގެ ތެރެއިން
ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބާސެލޯނާ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް ކާމިޔާބުކޮށްފިއެވެ.

ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި އެސްޕަނިއޯ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ރެއާލް ސޮސިއެޑާޑް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ސެވިއްޔާ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އެވެެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗު ފެށިގެން 13 ވަނަ މިނެޓުގައި ބާސެލޯނާ އިން ލަނޑެއް ވެސް ކާމިޔާބުކުރިއެވެ. ނަމަވެސް ލެވަންޑޮސްކީ ކާމިޔާބުކުރި މިލަނޑު ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އޮސައިޑް ލަނޑެއް ކަމަށެވެ.
ރެއާލް ސޮސިއެޑާޑް މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޝެރާލްޑޯ ބެކަރ އެވެ. މިއީ އެޓީމުގެ މިޑްފީލްޑަރު ލޫކާ ސުސިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމިންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-0 ގެ ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ރެއާލް ސޮސިއެޑާޑުން ނެވެ. ނަތީޖައެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އެޓީމަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުންކުރެވިފައި ނުވާއިރު، މެޗުގެ ކުޅުން މިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖައެކު ލީގުގައި ކުޅުނު 13 މެޗުން ލިބުނު 18 ޕޮއިންޓާއެކު ރެއަލް ސޮސިއެޑާޑް މިވަގުތު އޮތީ ލީގުތާވަލުގެ އަށްވަނައިގައެވެ. އަދި މިމެޗުން ބަލިވި ބާސެލޯނާއަށް 13 މެޗުން 33 ޕޮއިންޓް ލިބުފައިވާއިރު، އެޓީމު މިވަގުތު އޮތީ ހަ ޕޮއިންޓްގެ ލީޑަކާއެކު ލީގުތާވަލުގެ އެއްވަނައިގައެވެ.
ފަހުގެ

މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ނަބީބޭކަލުން ކުރެއްވި ފަދަ މަސައްކަތްޕުޅެއް - ހުތުބާ

މިރޭ މޫސުން ގޯސް: ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު!

ވީއައިއޭގެ ޓެކްސީވޭ ޗާރލީ އަލުން ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ޔަހޫދީންގެ ހަމަލާތަކުގައި މިއަދު ޣައްޒާއިން 21 މީހަކު ޝަހީދުވެއްޖެ

ޖަލުގައި އަމިއްލައަށް މަރުވާން މަސައްކަތްކުރި މީހާއަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެ
