
ރަތް ކަނޑުން އިޒްރޭލުގެ ވައިގެ ސަރަހައްދަށް ޑްރޯންތަކެއް ވަދެފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އިޒްރޭލުގެ ނިރުބަވެރި އަސްކަރިއްޔާއިން މިއަދު ބުނީ އިރުމަތީ ފަރާތުން ރަތް ކަނޑުމަތިން ފޮނުވާލި ތިން ޑްރޯން އެތަކެތީގެ އަމާޒަށް ވާސިލުވުމުގެ ކުރިން ހުއްޓުވާފައިވާ ކަމަށެވެ. ނަމަވެސް އެ ޑްރޯންތަކަކީ ކޮން ތަނަކުން އައި އެއްޗެއްސެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
"މީގެ ކުޑައިރުކޮޅެއް ކުރިން އިރުމަތިން ލޯންޗްކުރި ތިން ޔޫއޭވީ އިޒްރޭލުގެ ސަރަހައްދަށް ވަނުމުގެ ކުރިން ވަނީ ހުއްޓުވާފައި،" އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މި ޑްރޯންތައް ފޮނުވާލުމުގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ބަޔަކު އުފުލާފައި ނުވާއިރު މިއީ ޔަމަނުގެ ހޫތީންގެ ހަމަލާއެއް ކަމަށް ގިނަ ބަޔަކު ދެކެއެވޗެ. ސަބަބަކީ ރަތް ކަނޑުގައި ހޫތީންގެ ހަނގުރާމަވެރިން ހަރަކާތްތެރިވުމާއި މީގެ ކުރިންވެސް ރަތް ކަނޑު ސަރަހައްދު ބޭނުންކޮށްގެން ހޫތީން އިޒްރޭލަށް ހަމަލާދީފައި ވުމެވެ.
ގުޅުންހުރި

އަމިއްލައަށް ވަޅުލި ލޭންޑް މައިނަކަށް އެރި ޔަހޫދީ ސިފައިންގެ މީހަކު ވަރަށް ބޮޑަށް އަނިޔާވެއްޖެ

ޔަމަނުން އިޒްރޭލަށް ވައިގެ ހަމަލާއެއް ފޮނުވާލައިފި

ޔަހޫދީ ސިފައިންގެ ބަޑީގެ ހަމަލާތަކެއްގައި ޣައްޒާގެ ތިން މީހަކު ޝަހީދުވެއްޖެ
