
އަމިއްލައަށް ވަޅުލި ލޭންޑް މައިނަކަށް އެރި ޔަހޫދީ ސިފައިންގެ މީހަކު ވަރަށް ބޮޑަށް އަނިޔާވެއްޖެ
# އިސްރާއިލް-
އަމިއްލައަށް ވަޅުވި ލޭންޑް މައިނަކަށް އެރި ޔަހޫދީ ސިފައިންގެ މީހަކު ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ލުބްނާން ބޯޑަރު ސަރަހައްދުގައި މިއަދު ހެނދުނު ހިންގި އޮޕަރޭޝަންތަކުގައި އިސްރާއީލުގެ ރިޒަރވިސްޓަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
އެގޮތުން އިޒްރޭލުގެ އާމީ ރޭޑިއޯއިން ބުނި ގޮތުގައި އަނިޔާވި ސިފައިންގެ މީހައަށް އަނިޔާވީ ލޭންޑްމައިންއަކަށް އެރިގެން ކަމަށާއި އެކަން ހިނގީ އޮޕަރޭޝަންގައި އުޅުނު ސިފައިންނަށް އޮޅުމަކުން ޔަހޫދީން މީގެ ކުރިން ހަދާފައިވާ މައިންފީލްޑަކަށް ވެދެވިގެން ކަމަށެވެ.
ޔަހޫދީން އަމިއްލައަށް ލިބުނު މި "ބޮނޑި"އާއި އެކު ޔަހޫދީ ސިފައިން ވަނި އެސަރަހައްދުގައި އެމީހުން ކުރިޔަށްގެންދާ އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލާފައި އެވެ.
ލުބުނާނުގެ ހިޒްބުالله އާއި އެކު ވެފައިވާ އެއްބަސްވުމާއި ހިލާފުވެ ޔަހޫދީ ސިފައިން މިހާރު ދަނީ ލުބުނާނަށްވެސް ހަމަލާތަކެއް ދެމުންނެވެ. އަދި ހިޒްބުالله އިން މީގެ ކުރިންވެސް ދިން ރައްދު ހަމަލާތަކުގައި ޔަހޫދީ ގިނަ ސިފައިންތަކެއް ވަނީ މަރުވެފައި އެވެ.
ގުޅުންހުރި

އިރާގުގެ ސަހަރާއެއްގެ ތެރޭގައި އެމެރިކާގެ ހުއްދައާއިއެކު އިޒްރޭލުން ސިއްރު ބޭސްއެއް ގާއިމްކުރިކަން ފަޅާއަރައިފި: މައްސަލަ އދ އަށް!

ރަފާހްގައި ހަރަކާތްތެރިވަމުންދިޔަ ޔަހޫދީންގެ ސިއްރު ސިފައިންތަކެއް މަރާލައިފި

ހޫތީންގެ ހަމަލާތަކާއިއެކު އިޒްރޭލުގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް!




