ވާދަވެރި ކުޅުމަކަށްފަހު ޓީއެސްއޭ އަތުން ލަކީއަށް އުނދަގޫ މޮޅެއް
އަހުމަދު މާހު
10/31/2024, 11:04:14 AM
ޓީއެސްއޭ އަދި ލަކީ ބައްދަލުކުރި މެޗުގެ ތެރެއިން .... ފޮޓޯ: މާއު ގްރަފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ގުރޫޕް އެކެއްގައި ޓީއެސްއޭ އާއި ލަކީ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 12-13 ގެ ނަތީޖާއަކުން ލަކީ ކާމިޔާބުކޮށްފިއެވެ.
މުބާރާތުގައި ލަކީ ކުޅުނު ފުރަތަމަ މެޗު އޮޑި އާއި ވާދަކޮށް 11-18 ނަތީޖާއަކުން ބަލިވެފައިވާއިރު، ޓީއެސްއޭ ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު އޮސްޕްރޭ އަތުން އެޓީމު މޮޅުވީ 12-13 ގެ ނަތީޖާ އަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-4 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އިތުރު ނުވަ ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އޮޑިން ވެސް ވަނީ އަށް ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ލަކީގެ ސޮލާހު އަލީ ހަ ލަނޑު ކާމިޔާބުކުރި އިރު ހުސައިން ސަވީލް, އަބްދުالله ހަސަން ވަހީދު މިއިން ކޮންމެ ކުޅުންތެރިޔަކުވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކުރީ ހާމިޒް އަލީ އެވެ.
މީގެ އިތުރުން މިމެޗުގައި ޓީއެސްއޭގެ އަހުމަދު ރާއި ޝިހާދު ފަސް ލަނޑު ކާމިޔާބުކުރިއިރު, އެޓީމުގެ ހުސައިން ޝާވިން ވަނީ ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ލޫތު އަހުމަދު ވަހީދު ދެ ލަނޑުކާމިޔާބުކުރިއިރު އިބްރާހިމް ޝާއިން ނާޒިމް, މުހައްމަދު ސައި މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ލަކީގެ ސަނާއު ރަޝީދުއެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 16ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 16ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.