logoEN
Sto top
ވާދަވެރި ކުޅުމަކަށްފަހު ފިއުޗާ އިން ޖީބީ ބަލިކޮށްފި

ވާދަވެރި ކުޅުމަކަށްފަހު ފިއުޗާ އިން ޖީބީ ބަލިކޮށްފި

އަހުމަދު މާހު

logo

10/30/2024, 2:39:34 PM

# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސް# ގައުމީ ހޭންޑްބޯޅަ މުބާރާތް 2024

ފިއުޗާއި ޖީބީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މާއު ގްރެފީ

މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި ޖީބީ އަދި ފިއުޗާ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 35-32 ގެ ނަތީޖާއަކުން ފިއުޗާ ކާމިޔާބުކޮށްފިއެވެ.

Wamco

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ އަށް ލަނޑުގެ ލީޑަކާއެކު 15-23 ގެ ނަތީޖާއަކުން ފިއުޗާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 12 ލަނޑު ކާމިޔާބިކުރިއިރު، މިހާފުގައި ޖީބީއަށް ކާމިޔާބުކުވުނީ 17 ލަނޑެވެ.

އެގޮތުން މިމެޗުގައި ފިއުޗާގެ ފިއުޗާގެ އަހުމަދު ރިޒުނީ މުހައްމަދު އަށް ލަނޑު ކާމިޔާބުކޮށްދިންއިރު އެޓީމުގެ ރާއިދު ރަޝީދު ވަނީ ފަސްލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މީގެ އިތުރުން މުހައްމަދު ޔަޝްމު އަހުމަދު, މުހައްމަދު އީމާއު އަބްދުالله މިއިން ކޮންމެ ކުޅުންތެރިޔަކު ހަތަރު ލަނޑު ކާމިޔާބުކުރިއިރު , އެޓީމުގެ މުހައްމަދު އައްފާން އާތިފް, ސަލާމް އަހުމަދު މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މި ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދީފައި ވަނީ ރިޝްފާން ރަޝީދުއެވެ.

މީގެ އިތުރުން ޖީބީގެ އާދިލް ޝަހީދް އަބްދުލް ރަހުމާނު, އާދަމް ސައިފް ނައީމް މި އިން ކޮންމެ ކުޅުންތެރިޔަކު ހަތް ލަނޑު ކާމިޔާބުކޮށްދިން އިރު, މުހައްމަދު ފިރުނަސް އަބްދުالله, އަބްދުالله ޒަހުވާން އިމްތިޔާޒް މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ހަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މީގެ އިތުރުން އެޓީމުގެ އަބްދުޯ ނާޖީ, އިބްރާހިމް އަޒްހާން, މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކުރިއިރު, އަބްދުالله ޒިޔާއު, ހަމަދު ނާބިތު ހަސަން މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ އެއް ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ މޮޅުކުޅުންތިޔަކަށް ހޮވިފައިވަނީ ފިއުޗާ ސްޕޯޓްސް ކްލަބުގެ ވިޝާން އަބްދުލް މަޖީދު އެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގައި ތިން ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި ތިން ޓީމު މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside